މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ޖެމްސް ނެޓްވާރކްކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން  

މި މަދަރުސާގެ ޖެމްސް ނެޓްވާރކްކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ (މިމަދަރުސާގެ) ޖެމްސް ނެޓްވާރކްކޭބަލް ހއ.ކެލާ ކައުންސިލުގެ އިދާރާއިން ފެށިގެން މި މަދަރުސާއަށް 2 (ދޭއް) ފޫޓު ފުންމިނުގައި މަގުމަތީގައި ކޯރު ކޮނެ ވަޅުލައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި ބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހެޅޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތައް އެކަންޏެވެ. މި މަސައްކަތަށް 21 އޮގަސްޓު 2016 ގައި ކުރެވުނު ނަންބަރު GS78/IULAAN/2016/21 އިޢުލާނު، ދިމާވި އިދާރީ މައްސަލައަކާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފާގެ މަތިން ކެންސަލްކުރަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ 13:30

2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 13:30

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި މަދަރުސާގެ އޭވީރޫމުގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

08 ސެޕްޓެންބަރު 2016
ހޯދާ