މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ރ. މާކުރަތު ކައުންސިލުގެ އިދާރާގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްތައް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް

- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

- ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް

- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.

ބިޑް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

 

 

އަގު

 

 

80%

ހުޅަހަޅާ އަގަށްދެވޭ މާކްސް

މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގަށެވެ.

އެންމެ ކުޑައަގު 80x

ހުށަހެޅިފައިވާ އަގު

 

ތަޖްރިބާ

 

10%

ތަޖުރިބާއަށް ދެވޭ މާކްސް

މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން % އެއް. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ދިގު މުއްދަތަށެވެ.

 މުއްދަތު 10x

 އެންމެ ދިގު މުއްދަތު

 

 

މުއްދަތު

 

10%

މަސައްކަތް ނިންމުމަށް ބޭނުންކުރާ މުއްދަތު

މާކްސް ދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގެ ތެރެއިން އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތުގެ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށެވެ.

 އެންމެ ކުރުމުއްދަތު 10x  އެންމެ ދިގު މުއްދަތު

1- ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

2- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލު ކުރެވޭނެއެވެ.

3– ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

ރ. މާކުރަތު ކައުންސިލުގެ އިދާރާ

ރ. މާކުރަތު، ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން 14:00 އާ ދެމެދު މި އިދާރާގެ ނަންބަރު 6580015 ފޯނަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

5  ޛުލްޙިއްޖާ 1437

07 ސެޕްޓެންބަރު 2016
ހޯދާ