އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މި މަދަރުސާއަށް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކު:

GS 3

ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

އދ. ދިގުރަށު މަދަރުސާ

ސެކްޝަން:

އިދާރީ ބައި

މުސާރަ:

މަހަކު: -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު: -/1,500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. މި މަދަރުސާގައި ކުރަންޖެހޭ ފައިސާގެ ހުރިހާ މުޢާމަލާތެއްކޮށް، އެންމެހައި ރެކޯޑުތައް ވަރަށް ގަވާއިދުން ބެލެހެއްޓުން.
  2. ދުވަހުން ދުވަހަށް ޔައުމިއްޔާތައް ލިޔެ، ވެރިއެއްގެ ސޮއި ކުރުވައި، ފައިލްކޮށް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ އެންމެހައި ކަންތައްތައް ބަލަހައްޓައި، ރެކޯޑުތައް ފައިލްކޮށް ބެލެހެއްޓުން.
  4. ސްކޫލަށް ލިބޭ ހުރިހާ ލިޔެކިޔުމެއްގެ އެންޓްރީ ދުވަހުން ދުވަހަށް ނަގައި ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ސްކޫލުން ލިޔަންޖެހޭ އެންމެހައި ލިޔުންތައް (ސިޓީ، މެސެޖް) ލިޔެ ވެރިންގެ ސޮއިކުރުވައި، ފޮނުވަންޖެހޭ ތަންތަނަށް / ފަރާތްތަކަށް ފޮނުވުން.
  6. ސްކޫލުގެ ސްޓޮކަށް ގެނެވޭ ހުރިހާ މުދަލެއް އެ މުދަލެއް ލިބޭ ދުވަހު (ޕަރޗޭސް އޯޑަރާ އެއްގޮތަށް މުދާ ލިބިފައިވާނަމަ) ސްޓޮކްބާކީއަށް އަރުވައި، ސްޓޮކްރޫމަށް ވައްދައި، ސްޓޮކުން ތަކެތި ގަވާއިދާ އެއްގޮތަށް ދޫކޮށް ބެލެހެއްޓުން.
  7. ސްކޫލުގެ އިމާރާތް، ރުއްގަސް، އެންމެހައި ހަރުމުދަލެއްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ސްކޫލުގެ އިދާރީ އަދި އެކަޑަމިކް ރެކޯޑުތަކަށް ބޭނުންވާ އެންމެހައި ފޮތްތައް ނަމޫނާއާ އެއްގޮތަށް ހަދައި ބެލެހެއްޓުން.
  9. މިނޫނަސް ވަޒީފާގެ ހައިސިއްޔަތުން އަދި ސްކޫލަށް އެވަގުތަކު ދިމާވާ ކަމަކުން އިސްލާމްދީނާއި ސިވިލް ސަރވިސްގެ ގަވާއިދާއި ޚިލާފުނުވާ ގޮތުގެމަތީން މުވައްޒަފުންގެ މައްޗަށް ތިބޭ ވެރިން އަންގަވާ މަސައްކަތްތައް ކުރުން
  10. ސްކޫލުން ބާއްވާ ޖަލްސާ، ސެމިނަރ، މީޓިންގތަކަށް ހާޒިރުވެ، އެ މަޢުޟޫޢާ ގުޅިގެން އެ މުވައްޒަފެއްގެ ޚިޔާލާއި ލަފާދީ، ބައްދަލުވުމުގެ މެޖޯރިޓީއަށް ތަބާވެ، ބައްދަލުވުން ކާމިޔާބުކުރުމަށް މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބޭނުންވާނޭ ކަންތައްތައް

- މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވާނީ މެރިޓްއުސޫލުން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް، ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ޢައްޔަންކުރުމުގެ އުސޫލުން އެންމަތީ މާކްސް ލިބޭ ފަރާތަކަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ވަޒީފާއަށް އެދި

1- ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތަށް ތައްގަނޑުޖެހި ކޮޕީ)

3- ލިބިފައިވާ އެކްސްޕީރިއަންސް ސެޓުފިކެޓުތައް (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހި ކޮޕީ)

4- ކޮމްޕިއުޓަރައިޒް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހި ކޮޕީ)

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6- ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ މުވައްޒަފެއްނަމަ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން"

މި ތަކެއްޗާއެކު 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން މި ސްކޫލަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

މިވަޒީފާއަށްމީހުންނެގުމަށްބާއްވާއިންޓަރވިއު / ޕްރެސެންޓޭޝަންބާއްވާނޭތަނާއިތާރީޙް

ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު / ޕްރެސެންޓޭޝަން އޮންނާނީ 2016 ސެޕްޓެންބަރު 28 އާއި 2016 ސެޕްޓެންބަރު 30 އާ ދެމެދުގެ ތާރީޚެއްގައި އދ. ދިގުރަށު މަދަރުސާގައެވެ. އެގޮތުން ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް، އިންޓަރވިއު / ޕްރެސެންޓޭޝަނުގެ 7 ދުވަސް ކުރިން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، އދ. ދިގުރަށު މަދަރުސާގެ 6680841 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މި މަދަރުސާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ބޭނުންވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ސެޕްޓެންބަރު 2016
ހޯދާ