ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (ޤާނޫނު ނަމްބަރު: 1/2007) ގެ 5 ވަނަ މާއްދާގެ (ހ) ގައި ޝަރުޢީ ކޯޓެއްގެ އަމުރަކާ ނުވަތަ ޙުކުމަކާ ގުޅިގެން ނުވަތަ މީހުން ހައްޔަރުކޮށް ހިފެހެއްޓުމުގެ ބާރު ޤާނޫނުގެ ދަށުން ލިބިދޭ ފަރާތަކުން އަންގާ އެންގުމަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭން ފުރުން މަނާކުރެވޭ މީހުން ފިޔަވައި އެހެން ކޮންމެ ދިވެހިރައްޔިތަކީ ރާއްޖޭން ބޭރަށް ފުރައިގެން ދެވިދާނެ، އަދި ރާއްޖޭން ބޭރުގައި ހުރެވިދާނެ ނުވަތަ ދިރިއުޅެވިދާނެ މީހެއްކަމަށް ބަޔާންކޮށްފައިވެއެވެ.
ވީމާ، ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ހުރެވިދާނެ ނުވަތަ ދިރިއުޅެވިދާނެ މީހުންގެ ތެރޭގައި، ޝަރުޢީ ޙުކުމަކަށް ނުވަތަ ތަޙުޤީޤީ އިދާރާތަކަށް ބޭނުންވެގެން ހޯދާ މީހުން އެފަދަ އެންގުމަށް ތަބާނުވެ ރާއްޖެ ނައިސް ދިރިއުޅޭ ފަރާތްތައް ނުހިމެނެއެވެ.
މިހާރަކަށް އައިސް މިފަދަ ފަރާތްތައް ގިނަވަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ ޝަރުޢީ ދާއިރާތަކަށާއި ތަޙުޤީޤީ އިދާރާތަކުން ބައްލަވަމުން ގެންދަވާ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގިނަގުނަ ހުރަސްތަކާ ދިމާވަމުންދާކަން ފާހަގަ ކުރެވިފައިވާތީ، ތިރީގައި މި ދަންނަވާ ފަރާތްތަކަށް މި އިދާރާއިން ދޫކޮށްފައިވާ ޕާސްޕޯޓް ކެންސަލްކޮށް، ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ ފަރާތްތަކަށް އެންގިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
- މުޙައްމަދު ނަޝީދު ގ.ކެނެރީގެ
- އަކުރަމް ކަމާލުއްދީން މއ.އެވަރލާސްޓް
- މުޙައްމަދު ޖަމީލް އަޙުމަދު އީސްޓްލައިޓް، ދޫޑިގަމު ޏ. ފުވައްމުލައް
- ޢަބުދުﷲ ލުތުފީ ހ. ހާޖަރާގެ
- އަޙުމަދު ނަސީމް ހ.ހިކިފިނިފެންމާގެ
މަތީގައި ދެންނެވިފައިވާ ފަރާތްތައް ރާއްޖެއައުމަށް ބޭނުންވެގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެއަށް އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހަދައިދެވޭނެއެވެ.