މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އައި.ޓީ އޮފިސަރ

ބޭނުންވާ ޢަދަދު

02

އަސާސީ މުސާރަ:

މަހަކު -/4304 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/5380 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

މަހަކު -/2500ރ އާއި 3500ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދިި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް:

އައި.ޓީ ޑިޕާޓްމަންޓް

އަސާސީ ޝަރުޠު:

-  އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

-  އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޖީސީއީ އޭލެވެލް އިމްތިހާނުން 2 މާއްދާއިން ދައްވެގެން "ޑީ" ފާސް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން  

މަސައްކަތް ކުރަންޖެހޭ ގަޑި:

ޝިފްޓް އުސޫލުން (8 ގަޑިއިރު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ނެޓްވާރކް އެޅުމާއި، ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެޙީތެރިކަން ފޯރުވައި ދިނުން.

-  ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ އައި.ޓީ ސަޕޯޓް ދިނުން.

- ޕީ.އޭ.ބީ.އެކްސް، އަދި މިނޫންވެސް ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުވައި ދިނުން

- އައި.ޓީ ޑިޕާޓްމަންޓުގައި ކުރާ އެހެނިހެން މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން

މަޤާމު:

ސީނިއަރ އައި.ޓީ އޮފިސަރ

ބޭނުންވާ އަދަދު:

1

އަސާސީ މުސާރަ:

މަހަކު -/4944 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/6180 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

މަހަކު -/2500ރ އާއި -/3500ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދިި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް:

އައި.ޓީ ޑިޕާޓްމަންޓް

އަސާސީ ޝަރުޠު:

- އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ގަޑި:

ޝިފްޓް އުސޫލުން (8 ގަޑިއިރު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- އައި.ސީ.ޓީ ރިލޭޓެޑް ހާރޑްވެއަރ އަދި ސޮފްޓްވެއަރ އިންސްޓޯލްކޮށް، ކޮންފިގަރޭޝަން އަދި މެއިންޓަނަންސާ ގުޅުން ހުރި މަސައްކަތްތައް ކުރުން.

- އައި.ސީ.ޓީއާ ގުޅުންހުރި ކުންފުނީގެ ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ސިޓީ

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަން ޖެހިވަޑައިގަންނަވާ ސެޓުފިކެޓުތައް

އެކްރެޑިޓް ކުރައްވައި އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަންބަރާއެކު)

ސުންގަޑި:             

- 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން.

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯނު: 3329339 ފެކްސް: 3325293 އީމެއިލް:[email protected] 

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިޔަތުތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢްވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 20 ފަރާތެކެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ

07 ސެޕްޓެންބަރު 2016
ހޯދާ