ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ޓެސްޓަރެއް ގަންނަން ބޭނުންވެއްޖެ
އިޢުލާން
ފައިބަރ އޮޕްޓިކް ޓެސްޓަރެއް ގަތުމަށް
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ފައިބަރ އޮޕްޓިކް ޓެސްޓަރެއް ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރު 164/1/2016/40(IUL) އާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފާރާތްތަކުން 2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހުގެ 1:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުންއަށް) ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި އިދާރާގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
07 ޛުލްޙިއްޖާ 1437
08 ސެޕްޓެންބަރު 2016
ހޯދާ