މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރަން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

ރެސްޓޯރެންޓް ކެފޭ ހިންގުމުގެ ޚިދުމަތްދިނުމަށް މިރަށުގެ ހުޅަނގުފަރާތު ގޮނޑުދޮށުން ބަނދަރުގެ ދެކުނުކޮޅު އެއްގަމުތޮށި ކައިރިން 3598 (ތިންހާސް ފަސްސަތޭކަ ނުވަދިހަ އަށެއް) އަކަފޫޓުގެ (ސަންސެޓް ރެސްޓޯރެންޓް ހިންގަމުންދާ) ބިން (މިހާރުހުރި ޢިމާރާތާއެކު) އަދި ބިމުގެ އިރުން އިންވެގެން މަގާހަމައަށް ބިމުގެ ދިގުމިނުގައި އޮތް 1150.1 އަކަފޫޓުގެ ބިން އިތުރުކުރުމުން ޖުމުލަ 4748.1 (ހަތަރުހާސް ހަތްސަތޭކަ ސާޅީސް އަށެއް ޕޮއިންޓް އެކެއް) ބިން ކުއްޔަށް ދޫކުރަން ކަނޑައަޅައިފީމެވެ.

ގިނަވެގެން 15 އަހަރުދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިމުގައި މިހާރުހުރި ރެސްޓޯރެންޓް ހިންގަމުންގެންދާ ޢިމާރާތާއެކު ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅާއިރު ޕެންޝަން ސްކީމަށާއި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާނަމަ، ގަވާއިދުން ފައިސާ ދައްކަމުންގެންދާ ފަރާތެއްކަން އެފަދަ ފަރާތެއް ނޫންނަމަ، ނޫންކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުން ފެށިގެން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:15 އިން 13:30 އާ ދެމެދު މި އިދާރާއިން ބިޑްފޯމު ގަންނަން ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ.

ބިޑާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި، 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 13:30 ގައި މި ކައުންސިލުގެ އިދާރާގައި ޕްރީބިޑް ބައްދަލުވުމެއް އޮންނާނެއެވެ. ބިޑް ހުށަހަޅާނެ ދުވަހެއް ކަނޑައަޅާނީ މި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ބިޑް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ. ބީލަމުގެ ނަމާއި ނަންބަރު، ހުށަހަޅަން ކަނޑައަޅާފައިވާ ތާރީޚާއި ގަޑިއާއި ހުށަހަޅާ ފަރާތުގެ ނަން ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

6 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016
ހޯދާ