ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންސް ޖެހުމާއި، ގޭޓް ހެދުމާއި، ނަންބޯޑުތަކެއް ހެދުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން

އިޢުލާން

ފ. ބިލެތްދޫގައި ޤާއިމުކުރެވިފައިވާ ވޭސްޓްމެނޭޖްމަންޓް ކަލެކްޝަން (ކުނިކޮށީގެ) ވަށައި ފެންސް ޖެހުމާއި، ގޭޓް ހެދުމާއި، ނަންބޯޑުތަކެއް ހެދުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވެވޭނީ އެއްލައްކަ ރުފިޔާއިން ދަށުގެ މަސައްކަތަކަށް -/100 (އެއްސަތޭކަ) ރުފިޔާ، އެއްލައްކަ ރުފިޔާއާއި ފަސްލައްކަ ރުފިޔާއާ ދެމެދު -/200 ( ދުއިސައްތަ) ރުފިޔާ، ފަސްލައްކަ ރުފިޔާއިން މަތީގެ -/500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ބިލެތްދޫ ވޭސްޓް މެނޭޖްމަންޓް ކަލެކްޝަންގެ ފެންސް ޖެހުމާއި، ގޭޓްލުމާއި، ނަންބޯޑު ހެދުމުގެ މަސައްކަތުގެ އަންދާސީހިސާބު" މިހެން ލިޔުމަށް ފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް

   - މި އިދާރާއިން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބު

05 ސެޕްޓެންބަރު 2016
ހޯދާ