ދިވެހިރާއްޖެ
އިޢުލާން
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު:
ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް- ކިންގ ސަލްމާން މިސްކިތް ޕްރޮޖެކްޓް
ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ކިންގް ސަލްމާން މިސްކިތުގެ" މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންޓް ފާމެއްގެ ޚިދުމަތް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓިންގ ފާމުތަކުން، ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރ.އެފް.ޕީ) އާ އެއްގޮތަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ޑޮކިއުމެންޓްގައިވާ ގޮތުގެ މަތިން ހުށަހަޅަންވާނެއެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރ.އެފް.ޕީ) މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ޕްރޮޕޯސަލްތައް މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004300 ފެކްސް:3004301
އީ-މެއިލް: [email protected] ވެބްސައިޓް: www.housing.gov.mv