ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
ކަރަންޓް ތުރީފޭހަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދައުވަތު: 

މި ސްކޫލުގެ ނަންބަރު GS-131/2016/13 (14 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލުގެ އޮފީސް ޢިމާރާތުގެ ކަރަންޓް ތުރީފޭހަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލުގެ އޮފީސް ޢިމާރާތުގެ ކަރަންޓް ތުރީފޭހަށް ބަދަލުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ހާޒިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކަނޑާނީ އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ، ވުމާއެކު، ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ ނަންބަރު 6600017 އާ ގުޅުއްވުން އެދެމެވެ.

2 ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016
ހޯދާ