ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ހއ. އަތޮޅު ހޮސްޕިޓަލުގެ ރިސެޕްޝަން އޭރިޔާގައި ކައުންޓަރެއް ޖަހައި، ހަރުކޮށް، ބައެއް މަރާމާތުކުރުން:

ހއ. އަތޮޅު ހޮސްޕިޓަލުން ދޭ ކުރެހުމާ އެއްގޮތަށް ކައުންޓަރެއް ޖަހައި، ހަރުކޮށް، އަދި ރިސެޕްޝަން އޭރިޔާ ވަކިކުރުމަށްޓަކައި ޕާޓިޝަނެއް ޖަހައި، އަދި އެތަނުގައި ހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ހޮސްޕިޓަލުގެ ނަންބަރު HAAH-A(IUL)/2016/06 (11 އޮގަސްޓު 2016) ގެ އިޢުލާނަން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާންކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ސެޕްޓެންބަރު 2016 ވާ ހޯމަދުވަހުގެ 10:00 އަށް ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 10:00 އަށް ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

6 ޛުލްޙިއްޖާ 1437      

08 ސެޕްޓެންބަރު 2016
ހޯދާ