ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އެޑިއުކޭޝަނަލް ކޮންސަލްޓަންޓް
މި ޔުނިވަރސިޓީގައި އީލާނިންގ ނިޒާމުގެ ތެރެއިން މަތީ ތަޢުލީމު ފޯރުކޮށްދިނުމާބެހޭ ގޮތުން ލަފަޔާއި މަޝްވާރާ ދީ، މި މަސައްކަތްތައް ކުރުމަށްޓަކައި އެޑިއުކޭޝަނަލް ކޮންސަލްޓަންޓަކު ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، 2016 ސެޕްޓެންބަރު 19 ވާ އަންގާރަ ދުވަހުގެ 14:00 އަށް ތިރީގައިމިވާ ލިޔުންތަކާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެންދެއްވުން އެދެމެވެ.
- ކޮންސަލްޓަންޓުގެ ޕްރޮފައިލް.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
- މި ދާއިރާއިން ކޮށްފައިވާ ދިރާސާތަކާއި، މިފަދަ މަސައްކަތްތަކުގެ ތަފުސީލު އަދި ރިފަރެންސް ލިއުންތައް.
މަޢުލޫމާތު ސެޝަނަށް ފަހު މިކަމަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ ޓެލެފޯނު ނަންބަރު: 3322718 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
06 ޛުލްޙިއްޖާ 1437