މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެދުރުވެހި ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލު ގެޒެޓުގައި ޝާއިޢު ކުރުމާއި، އުސޫލަށް ޢަމަލުކުރަން ފެށުމާބެހޭ
އިޢުލާން
އެދުރުވެހި ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލު ގެޒެޓުގައި ޝާއިޢު ކުރުމާއި، އުސޫލަށް ޢަމަލުކުރަން ފެށުމާބެހޭ:
"އެދުރުވެހި ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލު" 29 އޮގަސްޓު 2016 މި ތާރީޚުގައި ދިވެހިސަރުކާރުގެ ގެޒެޓުގައާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓުގައި ޝާއިޢުކޮށް އާންމުކޮށްފީމެވެ.
މި ދެންނެވި އުސޫލު މިނިސްޓްރީ އޮފް އެޑިޔުކޭޝަން/ ވެލާނާގޭ 8 ވަނަ ފަންގިލާގެ ނޯޓިސް ބޯޑުގައާއި ތަޢުލީމީ ފަންޑުގެ އިދާރާ / އެދުރުހިޔާ 9 ވަނަ ފަންގިލާގެ ނޯޓިސް ބޯޑުގައި ބެހެއްޓުމުގެ އިތުރަށް އެދުރުވެހީގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ސެޕްޓެންބަރު 2016
ހޯދާ