ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކުރުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން

ރަތަފަންދޫ "މަސްޖިދުއްނޫރު" މިސްކިތުގެ ތިރީގައި ތަފުސީލު ދީފައިވާ މަރާމާތުތައް ކުރުމަށް ވަނީ ބޭނުންވެފައެވެ.  

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ ހެނދުނު 10:00 އަށް ރަތަފަންދޫ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ ތަފުސީލު

1. މިސްކިތުގެ މިހުރާބުގޭގެ މަތީގައި މިހާރު އަޅާފައިވާ ޝީޓު ނަގައި އަލުން ޝީޓެއް އެޅުން.

2. މިސްކިތުގެ އެތެރޭގައިވާ ސީލިންގުގައި ފަތި އަޅައިދިނުން.

3. ވުޟޫކުރާ އިސްކުރުބަރީގެ މަތީގައި މިހާރު މުށިނުޖެހި ހުރިބައިގައި މުށި ޖަހައިދިނުން.

4. ސައުންޑް ސިސްޓަމް ބަހައްޓާފައިވާ ކަބަޑު މިހާރު ހަލާކުވެފައިވާތީ، އަލުން ކަބަޑެއް ޖަހައިދިނުން.

5. މިސްކިތުގެ އެތެރެއާއި ބޭރުގައި ކުލައާއި ދަވާދުލުން.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ

2. ކޮމްޕެނީ ޕްރޮފައިލް

3. އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މި އިދާރާއިން ބަލާނެ ކަންތައްތައް

  1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގު ހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ވަކިން އަގު އެނގޭ ގޮތަށެވެ.
  2. މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

އަގު  

70%

- ޚިދުމަތުގެ އަގަށްދެވޭ މާކްސް  

- މި މާކްސް ދެވޭނީ މި ކައުންސިލުގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މަސައކަތް ނިންމާ މުއްދަތަށް   

20%

- މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް   

- މި މާކްސް ދެވޭނީ މި ކައުންސިލުގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.

- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ  

 10%

- ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް   

- މި މާކްސް ދެވޭނީ މި ކައުންސިލުގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާާފައިވާ ޕްރޮފައިލްގައި ފާއިތުވެދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް، އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކު ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.

- މިގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

3 ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016
ހޯދާ