ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމު: ޕްލޭނިންގ އޮފިސަރ
ރޭންކް: އެމް އެސް 1
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް1
އިދާރާ: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލުގެ އިދާރާ
ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
ވަޒީފާ އަދާކުރަންޖެހޭ ތަން: މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލުގެ އިދާރާ / ނ. ފޮއްދޫ
މުސާރަ: މަހަކު -/5610 (ފަސްހާސް ހަސަތޭކަ ދިހައެއް) ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2000 (ދެހާސް) ރުފިޔާ
މަޤާމުގެ ގިންތި: ދާއިމީ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
- އެކިއެކި މަޝްރޫޢުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- އާބާދީއަށް އަންނަ އުނި އިތުރު ބެލެހެއްޓުމާއި އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން.
- ބިމާއި ގޯތި ގެދޮރުގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން.
- ރަށުގައި ކުރެވޭ އިޤްތިޞާދީ އެންމެހައި މަސައްކަތުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުން.
- ޤުދުރަތީ ގޮތުން މީސްމީހުންނަށް ލިބޭ ގެއްލުމުގެ މަޢުލޫތު ލިޔެ ބެލެހެއްޓުމާއި، އަދި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- އޮފީހަށް ހޯދަންޖެހޭ މުދާ ގަވާއިދާ އެއްގޮތަށް ހޯދައި އިންވެންޓްރީ / އަދި ސްޓޮކް ބެލެހެއްޓުން.
- ރައްޔިތުންގެ މުދަލުގެ ހިސާބު ބެލެހެއްޓުން.
- ހުކުރުނަމާދާއި، ޢީދު ނަމާދާއި، ކޭތަނަމާދާ ގުޅޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުމާއި، ކަށުކަމާކެމީގެ ކަންކަންމާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
- ފާހަގަކުރާ މުނާސަބަތާ ގުޅިގެން ހިންގާ ހަރާކަތް ރޭވުމުގައި އެހީތެރިވުމާއި އެފަދަ ހަރަކާތްތައް ހިންގުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ރަށުގައި އުޅޭ ބިދޭސިންނާބެހޭ މައުލޫމާތު ލިޔެ ބެލެހެއްޓުން.
މަޤާމުގެ ޝަރުޠު
1. މަޤާމުގެ މަސައްކަތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. މަޤާމުގެ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
3. މަޤާމުގެ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރު ކުރުމަށް އިންރޓަވިއު ކޮށްގެން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 2:00ގެ ކުރީން މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] ފެކްސް: 6560017)
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި އިދާރާއިންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ލިބިފައިވާ ހުރިހަ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓު އެކްރިޑެޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
4. ފުރިހަމަކުރި ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުގެ ކޮޕީ.
5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560016 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރު 6560017 އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.
އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:
2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހާއި 2015 އޮކްޓޫބަރު 3 ވާ ހޯމަދުވަހާ ދެމެދުގެ ތާރީޚެއްގައި މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލުގެ އިދާރާގައެވެ.
ޝޯޓްލިސްޓު ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އުޖޫރައާއި އިނާޔަތްތައް:
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
މި އިޢުލާން ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޮއްދޫ ކައުންސިލުގެ އިދާރާގެ ފޯން 6560016 ނުވަތަ 7558935 އާއެވެ. ފެކްސް: 6560017 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
3 ޛުލްޙިއްޖާ 1437