ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢްވަތު
ތިރީގައި މި ދަންނަވާ މަސައްކަތްތައް، އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މިކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި / ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި / ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުން އެދެމެވެ.
5 ޕްލައިވުޑް ދޮރުފަތް ހަދައި ހަރުކުރުން.
1 ކޫލަރު ބަދަލުކުރުން.
ހެލްތުރޫމުގައި މުށިޖެހުން.
ދަރިވަރުންގެ ނޯޓިސްބޯޑު މަރާމާތުކުރުން.
24 ސީލިންގ ފަންކާ ބަދަލުކުރުން.
ބްލޮކް 4،6 ގެ ޗެންޗޭނުތައް ސާފުކޮށް ދަވާދުލުން.
ތަފުސީލު |
ތާރީޚު |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
20 ސެޕްޓެންބަރު 2016 (އަންގާރަ) |
13:45 |
މަދަރުސާގެ އޮފީސް |
އަންދާސީހިސާބު ހުށަހެޅުން |
27 ސެޕްޓެންބަރު 2016 (އަންގާރަ) |
13:45 |
މަދަރުސާގެ އޮފީސް |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި 6500048 ނަންބަރު ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.
3 ޛުލްޙިއްޖާ 1437