މަޤާމު
|
ކޯޓުއޮފިސަރ
|
ރޭންކް: ޖީ.އެސް 3
|
ކުލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
އަދަދު
|
1
|
ގިންތި
|
ދާއިމީ
|
މަސައްކަތްކުރަންޖެހޭ ތަން
|
ށ.ފޭދޫ މެޖިސްޓްރޭޓްކޯޓު
|
އަސާސީ މުސާރަ
|
މަހަކު -/4465 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20
- ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ
- ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ
- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
އަސާސީ ޝަރުޠު
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، GS-2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރީޢަތުގެ މަޖިލީސްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
- ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުންގެ އަމުރުގެ ކަންތައްތަކާބެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތައް އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި މެޖިސްޓްރޭޓް އަންގަވާ ގޮތަށް ޤަޟިއްޔާކޮށް ފައިލް ތައްޔާރުކުރުން.
- މައްސަލަތަކާ ގުޅިގެން މެޖިސްޓްރޭޓް ތައްޔާރުކުރައްވާ ބަޔާންތައް ލިޔެ ބަޔާންތަކުގައި ސޮއިކުރުވުމަށްފަހު، ފައިލްކުރުން.
- ޝަރުޢީ މައްސަލަތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ފަދަ ލިޔުންތައް ފޮނުވުމުގެ މަސައްކަތްކުރުން.
- މައްސަލަތައް ނިމުމުން މައްސަލަތައް ފައިލްކުރުން.
- ޖަވާބު ހޯދަންޖެހޭ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކަށް ގުޅުން.
- އެގްރީމެންޓް ރަޖިސްޓަރީކުރުމާބެހޭ އިދާރީ މަސައްކަތްކުރުން.
- ކުށުގެ ރެކޯޑު ލިޔެ ބެލެހެއްޓުމާއެކު، ކުށުގެ ރެކޯޑު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ކޯޓުގެ އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި އިސްމެޖިސްޓްރޭޓް އަންގަވާ މިނޫންވެސް ރަސްމީ ކޮންމެ މަސައްކަތެއްކުރުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު
- ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
ސުންގަޑި
|
22 ސެޕްޓެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން ށ.ފޭދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުންނާއި، ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6540635
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަންފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
- ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން.
- އޭ-ލެވެލް ނުވަތަ އޯ-ލެވެލްގެ އިނގިރޭސިން ފާސްވެފައިވާ ފަރާތްތަކަށްވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|