އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

މަޤާމު:                            ޕްރިންޓަރ

މަޤާމުގެ ރޭންކް:                      އެސް. އެސް 3

ކްލެސިފިކޭޝަން:                      ސަޕޯޓް ސްޓާފް ގްރޭޑް 1 

މުސާރަ:                          މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް:                  މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:                އއ. ހިމަންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:            A ސެކްޝަން

ބޭނުންވާ އަދަދު:                      1

ގިންތި:                           ދާއިމީ     

ދާއިރާ                           އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޕްރިންޓް ކުރަންޖެހޭ ނޯޓިސް/ލިޔުން ފަދަ ތަކެތި ޕްރިންޓް ކުރުން
  2. ފޮޓޯކޮޕީ ހައްދަންޖެހޭ ތަކެތި ފޮޓޯކޮޕީ ހެއްދުން
  3. ޓީޗަރސް ހޭންޑްބުކް ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކުރުން
  4. ބައިންޑްކުރުމާއި ލެމިނޭޓް ކުރުން
  5. ޕްރިންޓް ކުރުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީސްތައް ސަރވިސްކޮށް ބެލެހެއްޓުން
  6. އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ޙާލަތްތަކާއި، އެހެން ޙާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.
  7. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން

ޝަރުޠު:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  1. ތަޢުލީމާއި ތަމްރީނަށް ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލިއްޔަތުކަން   

އިންޓަރވިއު ކުރުން

ތަން: ހިމަންދޫ ސްކޫލް

ތާރީޚު: އިންޓަރވިއު ބާއްވާނެ ގަޑިއާއި ތާރީޚު 1 ދުވަސް ކުރިން އަންގާނެއެވެ.

   އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހިމަންދޫ ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (އަސްލާ އެއްގޮތަށް ތައްގަނޑު ޖަހާފައިވާ) 

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) (އަސްލާ އެއްގޮތައް ތައްގަނޑު ޖަހާފައިވާ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތަށް ތައްގަނޑު ޖަހާފައިވާ)

ބ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 

ޅ- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ ''މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، މުވައްޒަފުގެ ހާޒިރީ ރިޕޯޓު'' ހުށަހަޅަން ޖެހޭނެއެވެ. މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުންކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ޝަރުޠު ހަމަވާ މީހުން 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގެ ކުރިން މަތީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު އއ. ހިމަންދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހިމަންދޫ ސްކޫލުގެ ނަންބަރު 6660842 ފޯނަށް ގުޅުއްވުން އެދެމެވެ.

01 ސެޕްޓެންބަރު 2016
ހޯދާ