އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް

މަޤާމުގެ ނަން:  ޑެޕިއުޓީ ޕްރިންސިޕަލް     

އަދަދު:      01 (އެކެއް)     

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އެކަޑެމިކް

މަޤާމު އޮތް އޮފީސް: އިސްކަންދަރު ސްކޫލް  

ވަޒީފާ އަދާކުރަންޖެހޭ ތަން:  އިސްކަންދަރު ސްކޫލް / ކ. މާލެ   

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައި މިވާގޮތަށް އެފަރާތަކަށް ލިބިލައްވާފައިވާ ސެޓުފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޑެޕިއުޓީ ޕްރިންސިޕަލް

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/5610 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/6295 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/7035 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

 ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު   ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/7875 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން  2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/8835 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/9890 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/11065 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/12400 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓު ނުވަތަ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/13890 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/15560 ރުފިޔާ

މަހަކު -/2500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

މިމަޤާމަށް ހޮވޭ ފަރާތަކަށް އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މީގެ އިތުރުން، ފޯނު އެލަވަންސާއި ޓެނުއަރޝިޕް އެލަވަންސް ހަމަޖެހޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ހަވާލުކުރެވޭ ދަންފަޅީގައި ސްކޫލުގެ ކިޔަވައިދިނުމާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ސްކޫލުގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  3. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
  4. ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
  5. ހަވާލުކުރެވޭ ދަންފަޅީގެ ލީޑިންގ ޓީޗަރުންގެ މަސައްކަތް ކޯޑިނޭޓްކޮށް ގަވާއިދުން ހަފުތާއަކު އެއްފަހަރު ރިވިއު މީޓިންގތައް ބޭއްވުން.
  6. އައު މަންހަޖު ތަންފީޒުވަމުންދާވަރު ބަލައި، ދަރިވަރުން ވަޒަންކުރެވެމުންދަނީ އޭ.އެފް.އެލް އާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.
  7. ދަރިވަރުންނަށް ހާސިލުވަމުންދާ މިންވަރު ދެނެގަތުމަށް ރިވިއު މީޓިންގތައް ބާއްވައި، މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއުކުރުން.
  8. ދަރިވަރުންނަށް ހާސިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައިދިނުމުގެ ގޮތުން ބައްދަލުވުންތައް ރާވައި ހިންގުން.
  9. ލީޑިންގ ޓީޗަރުންގެ މަސައްކަތްތައް މޮނިޓަރކޮށް ގަވާއިދުން އެޕްރައިޒަލް ފޯމު ފުރިހަމަކުރުން.
  10. ސެޝަނުގެ އެސެމްބްލީ ކޯޑިނޭޓް ކުރުން.
  11. ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވުން.
  12. ސެޝަން މީޓިންގތައް ބޭއްވުން.
  13. ސެޝަންގެ ހުރިހާ ކުލަބުތަކެއް ކޯޑިނޭޓްކޮށް މޮނިޓަރކުރުން.
  14. ސްކޫލުގެ ފަރާތުން ސްކޫލް ތަމްސީލުކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ހާޒިރުވެ، ސްކޫލް ތަމްސީލުކުރުން.
  15. މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް އެދޭ ފަރާތްތަކުން ޕްރެޒެންޓޭޝަން ހުށަހެޅުން

މިމަޤާމަށް އެދޭ ފަރާތްތަކުން ޕްރެޒެންޓޭޝަން ދެއްވަންވާނެއެވެ. ޕްރެޒެންޓޭޝަން ދެއްވާނީ އިނގިރޭސިބަހުންނެވެ. ޕްރެޒެންޓޭޝަނުގެ ދިގުމިނަކީ 15 މިނިޓެވެ. ޕްރެޒެންޓޭޝަނަށް ޕޮއިންޓް ދިނުމުގައި ބަލާނީ ޕްރެޒެންޓޭޝަނުގެ ކޮންޓެންޓާއި، މުޢާމަލާތުކުރުމުގެ ޤާބިލުކަމަށެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ޕްރެޒެންޓޭޝަނުގައި ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

- ޕާރސަނަލް ޕްރޮފައިލް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ކުރު ތަޢާރުފެއް)

- ވަޒީފާގެ ދާއިރާއިން ހިންގާފައިވާ ޕްރެޖެކްޓްތަކާއި އޭގެ ނަތީޖާތައް.

- ވަޒީފާއަށް ކުރިމަތިލާ އިދާރާގެ ކުރިމަގު ބިނާކުރާނެގޮތުގެ ތަޞައްވަރު.

- ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް އިންސާނީ ވަސީލަތްތައް ބިނާކުރާނެގޮތުގެ ތަޞައްވަރު.

- ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް ފައިނޭންސް މެނޭޖްކުރާނެ ގޮތުގެ ތަޞައްވަރު.

- ވަޒީފާގެ މަސައްކަތުގައި ކުރިމަތިވާނެކަމަށް ފެންނަ ގޮންޖެހުންތަކާއި އެގޮތުންޖެހުންތައް ޙައްލުކުރާނެގޮތްތައް.

- ކެންޑިޑޭޓް ކުރިމަތިލާފައިވާ ވަޒީފާއަށް އެންމެ ޤާބިލުވާކަމަށް ދެކެވަޑައިގަންނަވާ ސަބަބު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

 ހުށަހަޅަންޖެހޭ ތަކެތި:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސްކޫލުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ފުރިހަމަކުރައްވާފައިވާ ވަޒީފާއާގުޅޭ ކުރުމުއްދަތުގެ ޓްރޭނިންގތަކުގެ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ކޮޕީއެއް.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ ( ގުޅޭނެ ނަންބަރާއެކު )

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

- މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ އިސްކަންދަރު ސްކޫލުގައެވެ.

- އަދި މިމަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 3323244 ނަންބަރާ ގުޅުއްވުން އެދެމެވެ

31 އޮގަސްޓް 2016
ހޯދާ