ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ އާމެދު ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ރިސަރޗެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް
"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢަކީ މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ޢިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި ތިމާވެށްޓާ ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.
މި މަޝްރޫޢުގެ ތެރެއިން ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީއާމެދު ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ރިސަރޗެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
“Research Consumer Behavior and Preferences Regarding Energy Efficiency in Households”
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ