މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މެނޭޖަރ، ޕެންޝަންސް އެންޑް ކްލެއިމްސް

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:    މެނޭޖަރ، ޕެންޝަންސް އެންޑް ކްލެއިމްސް

ބޭނުންވާ އަދަދު:  1

ފެންވަރު ނުވަތަ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފިޝަނަލް ސަނަދެއް ހާސިލުކޮށްފައިވުން. (އިސްވެ ދެންނެވުނު ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

  2. މެނޭޖީރިއަލް ލެވެލްގައި މަސައްކަތްތަކާގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މި މަޤާމުގެ ވަޒީފާ ބަޔާން މި އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސްއިޓްސް (6 ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 1441

އީ-މެއިލް:  [email protected]

04 ސެޕްޓެންބަރު 2016
ހޯދާ