ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: އޮފިސަރ
ޑިޕާޓްމަންޓް: މެޑިކަލް
ތަޢުލީމާ ތަޖުރިބާ:
-
ޑިޕްލޮމާ އިން ނާރސިން ނުވަތަ ގުޅޭ ދާއިރާއަކުން އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން
-
މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން.
-
މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
-
އިނގިރޭސި ބަހާއި ދިވެހި ބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.
-
ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
-
ރާއްޖެއިން ބޭރުގެ ކްލެއިމްސް، އޯޕީ އައިޕީ އިންވޮއިސްތައް ބަލައި ފާސްކޮށް އަދި ބާޠިލުކުރަންޖެހޭ އެއްޗެއް ބާޠިލުކޮށް އެންގުން.
-
ކުއްލި ހާލަތްތަކުގައި ރާއްޖެއިން ބޭރުގެ ކްލެއިމްސް ބަލައި ފާސްކޮށް ކުންފުނީގެ ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން.
-
ކަސްޓަމަރ ސާރވިސް އިން އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން.
މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 2016 އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
-
ވަޒީފާއަށް އެދޭ ފޯމު.
-
ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
-
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
-
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
-
ސީވީ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.