ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:               ޕްލޭނިންގ އޮފިސަރ (މަޤާމުގެ ނަންބަރު: 229413)

މަޤާމުގެ ކްލެސިފިކޭޝަން:    އެމް.އެސް 1 (މެނެޖީރިއަލް ސަރވިސް 1)

އޮފީސް:              ފެލިދެއަތޮޅު ތިނަދޫ ކައުންސިލުގެ އިދާރާ

ޔުނިޓް:               ކޯޕަރޭޓް އެފެއާޒް

މުސާރަ:              މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:      މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:         1

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން (މީގެ ތެރޭގައި މެނޭޖުމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާގެ ސެޓުފިކެޓު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ސެޓުފިކެޓު، އުނގަންނައިދިނުމުގެ ދާއިރާގެ ސެޓުފިކެޓު، ޞިއްޙީ ދާއިރާގެ ސެޓުފިކެޓު، ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ ސެޓުފިކެޓު ފަދަ ދާއިރާތަކުގެ ސެޓުފިކެޓުތައް ހިމެނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން (މީގެ ތެރޭގައި މެނޭޖުމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާގެ ސެޓުފިކެޓު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ސެޓުފިކެޓު، އުނގަންނައިދިނުމުގެ ދާއިރާގެ ސެޓުފިކެޓު، ޞިއްޙީ ދާއިރާގެ ސެޓުފިކެޓު، ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ ސެޓުފިކެޓު ފަދަ ދާއިރާތަކުގެ ސެޓުފިކެޓުތައް ހިމެނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް.އެސް. 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ

4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިއުމާއެކު، ޖީ.އެސް 4 ރޭންކްގެ ޝަރުޠު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

5. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ރަށު ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ޕްލޭންކުރުން.

2. ސަރުކާރުން، ރަށްރަށުގައި ހިންގުމަށް ރާވާ މަޝްރޫޢުތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ޕްލޭންކުރުން.

3. ރަށުގެ ޢުމްރާނީ އަދި އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ޕްލޭންކުރުން.

4. ތަރައްޤީގެ ޙަރަކާތްތައް ރާވައި ހިންގުމުގައި، އަމިއްލަ ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

5. ރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި، އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ރައްޔިތުންގެ ބައިވެރިވުމާއެކު، 5 އަހަރުދުވަހުގެ ފައިނޭންޝަލް ޕްލޭނެއް ހެދުން.

6. ކޮންމެއަހަރަކު އެއްފަހަރު ހަދާ އިދާރާގެ ބަޖެޓް ހެދުމުގެ މަސައްކަތް ކުރުމުގައި ބައިވެރިވުން.

7. ރަށުގެ އެކިއެކި ތަފާސްހިސާބުތައް އެއްކޮށް އެމަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.

8. މީގެ އިތުރުންވެސް ވަގުތާއި ހާލަތަށް ބަލައި ކައުންސިލުގެ އިދާރާއިން އަންގާ ކައުންސިލް އިދާރާގެ މަސައްކަތް ކުރުން.

މަޤާމު:              މަސައްކަތު (މަޤާމުގެ ނަންބަރު 228706)

މަޤާމުގެ ކްލެސިފިކޭޝަން:    ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް:            ފެލިދެއަތޮޅު ތިނަދޫ ކައުންސިލުގެ އިދާރާ

ޔުނިޓް:             ކޯޕަރޭޓް އެފެއާޒް

މުސާރަ:            މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:   މަހަކު -/1،000 ރުފިޔާ

ބޭނުންވާ އަދަދު:       1

ތަޢުލީމާއި ތަޖުރިބާ:   ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.               

މަޤާމުގެ މަސްއޫލިއްޔަތު: 

1. ރަސްމީ ދުވަސްދުވަހު ކައުންސިލުގެ މަސައްކަތް ފެށުމުގެކުރިން ގޮނޑި، މޭޒު ފޮހެ ސާފުކުރުން.

2. ކައުންސިލުގެ އިދާރާގެ ތެރެ ކުނިކަހައި ފޮޅައި ސާފުކޮށް ތަޅުމުގައި މޮޕް އެޅުން.

3. ކައުންސިލުގެ އިދާރާގެ ފާރުތައް ފޮޅައި، ފަންކާތަކާއި އެއަރކޯން އަދި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.

4. ކައުންސިލުގެ އިދާރާގެ ރައްވެހިގޭ ކޮޓަރިތަކާއި، ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

5. ކައުންސިލުގެ އިދާރާގެ ޑަސްބިންތައް ސާފުކުރުމާއި، ޑަސްބިތަކުގައި ހުންނަ އެކިއެކި ލިޔުންތައް ރައްކާތެރިކަމާއެކު ނައްތާލުން.

6. ކައުންސިލުގެ އިދާރާގެ ދޮރުފަތްތަކުގެ ބިއްލޫރިތައް ސާފުކޮށް ބެލެހެއްޓުން.

7. ކައުންސިލުގެ އިދާރާގެ ގޯތިތެރެއާއި މަގުމަތި ސާފުކޮށް ބެލެހެއްޓުން.

8. ކައުންސިލުގެ އިދާރާއިން އެކިއެކި ފަރާތްތަކާ ހަވާލުކުރަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި ރައްކާތެރިކަމާއެކު ހަވާލުކުރުން.

9. ކައުންސިލުގެ އިދާރާގެ ގޯތިތެރެ ފެހިކުރުމަށް ގަސް އިންދައި ބެލެހެއްޓުން.

10. ކައުންސިލުގެ އިދާރާގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުން.

11. ކައުންސިލުގެ އިދާރާއާއި ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ތައްތަނުގެ ވަޅުތައް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

12. ކައުންސިލުގެ އިދާރާއަށް ސަރުކާރުން ގެނެސްފައިވާ ތަކެއްޗާއި ރައްޔިތުންގެ ތަކެތި ހަލާކުނުވާނޭހެން ހިޔާކޮށް ބެލެހެއްޓުން.

13. މީގެ އިތުރުންވެސް ވަގުތާއި ހާލަތަށް ބަލައި ކައުންސިލުގެ އިދާރާއިން އަންގާ ކައުންސިލުގެ އިދާރާގެ މަސައްކަތްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 22 ސެޕްޓެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ތިނަދޫ ކައުންސިލުގެ އިދާރާއަށް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިންޓަރވިއުކޮށްގެން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުކުރުން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ތިނަދޫ ކައުންސިލުގެ އިދާރާގައި 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 11:00 ގައެވެ.       

އުޖޫރައާއި އިނާޔަތްތައް:        

ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައް ހަމަޖެހޭނެއެވެ.

އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:   

1.  ފުރިހަމަކޮށްފައިވާ، އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިނަދޫ ކައުންސިލުގެ އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނޭ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6700604 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6700604 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016
ހޯދާ