ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަނޑު ކުއްޔަށް ދޫކުރުން
އިޢުލާން
ތިރީގައި މި ބަޔާންކުރާ ރުއްގަނޑު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:
މަކުނުދޫގެ ހުޅަނގުފަރާތު އަތިރިމަތީ (ޖެޓީ ސަރަޙައްދު) ގައިވާ ރުއްތައް. (ފޯދިފައިވާ 50 ރުއް)
- ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:
މީލާދީ 2 (ދޭއް) އަހަރުދުވަސް
- ސުންގަޑި:
2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 11:00 އެވެ. (މަކުނުދޫ ކައުންސިލުގެ އިދާރާއަށް)
- އަގު ހުށަހަޅަންވީ ގޮތް:
- މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.
- މިކަމަށް އެދި ހުށަހަޅާ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.
- އަގު ފޯމު ހުށަހަޅަންވާނީ، މަތީގައި ދެންނެވިފައިވާ ސުންގަޑީގައި، މި އިދާރާގައި ބޭއްވޭ ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ކޮމެޓީއަށެވެ.
- ބަދަލުގައި ބޭފުޅަކު ދުރުވާނަމަ، ބަދަލު ހާޒިރުވާ ފަރާތެއްކަން އެނގޭނޭ ސިޓީއެއް ހުށަހަޅަން ވާނެއެވެ.
- ބިޑް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6520038 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ޛުލްޤަޢިދާ 1437
01 ސެޕްޓެންބަރު 2016
ހޯދާ