ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)416-ESMED/416/2016/69 (22 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން ޕްރޮޕޯޒަލް ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
ގދ. މަޑަވެލި "ގަހާ" ގޯއްޗާ އިންވެގެން އުތުރަށް، އަދި "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކޮށްފައިވާ" ބިމާ އިންވެގެން އިރަށް އޮތް 1502.97 އަކަފޫޓުގެ ބިން، ޤުރުއާން އުގަންނައިދޭ ކުލާހެއް ހިންގުމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގައި ބެލެވޭނީ ތިރީގައި ދެންނެވިފައި މިވާ ކަންތައްތަކަށެވެ.
ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގައި ބެލޭނެ ކަންކަން: |
|||
35 މާކްސް |
- އިޖުތިމާޢީ ޒިންމާގެ ގޮތުގައި ރަށުގެ ތަރައްޤީއަށް ކުރުމަށް ހުށަހަޅާ ހުށަހެޅުން |
||
25 މާކްސް |
- މާލީ ޤާބިލުކަން |
||
25 މާކްސް |
- ރަޖިސްޓަރީ ކޮށްގެން ޤުރްއާން ކުލާހެއް ހިންގާ ފަރާތެއްނަމަ |
||
10 މާކްސް |
- ޤުރުއާން ކުލާސް ތަރައްޤީކޮށް ހިންގުމަށް ރާވާފައިވާ ގޮތް |
||
5 މާކްސް |
- ޕްރޮޕޯޒަލްގެ ފެންވަރު |
||
100 މާކްސް |
ޖުމްލަ: |
||
ވަގުތު |
ދުވަސް |
ތާރީޚު |
|
10:00 |
އާދީއްތަ |
25 ސެޕްޓެންބަރު 2016 |
ޕްރޮޕޯޒަލް ހުށަހެޅުން |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ތާރީޚުގައި ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ވަގުތަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 6840006 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.