މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސެކިއުރިޓީ ކެމެރާ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހުޅުލޭގައި ހިންގާ، ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ހެލްތު ޔުނިޓަށް ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2016/60 އިޢުލާނާ ގުޅިގެން ފުރިހަމައަށް މަޢުލޫމާތު ދެވިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީ (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީ (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުމަށް

 މަޢުލޫމާތު ސާފުކުރުމަށް

2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 11:00 އަށް

2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3339211/ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

01 ސެޕްޓެންބަރު 2016
ހޯދާ