ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

ގދ. ހޯނޑެއްދޫ މިސްކިތްތަކުގައި ކުރަންހުރި ބައެއް މަރާމާތުކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 13:30 ގައި މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 19 ވަނަ ދުވަހުގެ 13:30 ގައި އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައިވާ ގަޑިތަކުގައި މި އިދާރާގެ މީޓިންގރޫމުގައެވެ.

އަންދާސީހިސާބު ހުށަހަޅާނީ ކުންފުނި / ކޯޕަރޭޓިވްއަކުންނަމަ، އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތާއި، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުނި / ކޯޕަރޭޓިވްގެ ރަޖިސްޓަރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ސިޓީއަކުން ހުށަހަޅަންވާނެއެވެ. ވަކި ފަރުދެއްގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުނުކުރެވޭނެއެވެ. އަދި އަންދާސީހިސާބުވެސް ހުށައެއްނޭޅޭނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި ގަޑިޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016
ހޯދާ