ދިވެހިރާއްޖެ
އިޢުލާން
ސްވެނިއަރ ޝޮޕް ކުއްޔަށްދިނުމާބެހޭ
ހަނިމާދޫ އިންޓަނަލް އެއަރޕޯޓުގެ ސްވެނިއަރ ޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު (IUL)448/1/2015/45 އަށް އަގު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
02 ޛުލްޙިއްޖާ 1437