ދިވެހިރާއްޖެ
އިޢުލާން
ސިވިލް ސަރވިސްގެ ވިއުގައިގެ ނެޓްވާރކް ކޭބަލް ވަޅުލުން
މި ސްކޫލުން ނެޓްވާރކް ކޭބަލް ވަޅުލުމަށް ކުރެވުނު އިޢުލާން ނަންބަރު GS213/IUL/2016/015 ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ދުވާފަރު ކައުންސިލް އިދާރާއިން ފެށިގެން މި ސްކޫލާއި ރ.އަތޮޅުމަދަރުސާއާ ދެތަނަށް ނެޓްވާރކް ކޭބަލެއް ވަޅުލުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ސެޕްޓެންބަރު 20 ވާ ހޯމަދުވަހުގެ 13:30 އަށް |
2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 13:30އަށް |
ނޯޓް: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6582703 އާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އަންގައި އިޢުލާން ކުރަމެވެ.