ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބީ.އޯ.ކިޔު އާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޛުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާގެ މަޝްރޫޢުގެ، ހދ މަކުނުދޫގެ ފުޓްސަލްދަނޑުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އެ މިނސްޓްރީން ވަނީ ނިންމާފައެވެ. މިގޮތުން މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެ މިނިސްޓްރީން ހުށަހަޅާ ބީ.އޯ.ކިޔު އާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 11.00 އަށް މަކުނުދޫ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން، އެމީހަކު ތަމްސީލުކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުސޫލުން ރަޖިސްޓަރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާ ފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު (70 އިންސައްތަ)
  2. މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖްރިބާ (10 އިންސައްތަ)
  3. މަސައްކަތް ފުރިހަމަ ކުރެވޭނެ މުއްދަތު (10 އިންސައްތަ)
  4. މިފަދަ މަސައްކަތް ކުރެވޭނެ ކަމުގެ މާލީ ޤާބިލުކަން (10 އިންސައްތަ)

29 ޛުލްޙިއްޖާ 1437

01 ސެޕްޓެންބަރު 2016
ހޯދާ