ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ށ. އަތޮޅު މަދަރުސާއަށް ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި މަދަރުސާގެ ނަންބަރު: GS34/2016/11 (15 ޖޫން 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވީ އެންމެ ދެފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ޓީ.ވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

ވީމާ، ޓީ.ވީ ސަޕްލައިކޮށްދިނުމުގެ ޕްރޮގްރާމަށް ގެނެވިފައިވާ ބަދަލާއެކު، މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަދަރުސާއަށް 65 އިންޗީގެ 6 (ހައެއް) ޓީވީ ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާއަށް ހާޒިރުވެދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ޓީވީ ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވެމެވެ. 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 11:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެނުލައްވާ، މަޢުލޫމާތުކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

28 ޛުލްޤަޢިދާ 1437      

31 އޮގަސްޓް 2016
ހޯދާ