ދިވެހިރާއްޖެ
އިޢުލާން
ލަވަ ހެދުމާއި ރެކޯޑުކޮށްދޭނެ ފަރާތެއް ހޯދުން
މި އޮތޯރިޓީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ކެމްޕެއިނަކަށް ތިރީގައިވާ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)450-CA/1/2016/25 އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތަށް ބަދަލު ގެންނަން ބޭނުންވާތީ، އެ އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
- ލަވައިގެ ޅެން ހެދުމާއި، ރާގު ތައްޔާރުކުރުން.
- ލަވަކިޔުމާއި ރެކޯޑުކޮށްދިނުން.
- ލަވައިގެ ވީޑިއޯ ތައްޔާރުކުރުން.
ތަފުސީލު |
ތާރީޚު |
ވަގުތު |
ތަން |
މައުލޫމާތު ސާފުކުރުން |
6 ސެޕްޓެންބަރު 2016 (އަންގާރަ) |
13:30 |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. ފުލިދޫގެ، 2 ވަނަ ފަންގިފިލާ) |
އަންދާސީހިސާބު ބަލައިގަތުން |
8 ސެޕްޓެންބަރު 2016 (ބުރާސްފަތި) |
14:00 |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. ފުލިދޫގެ، 2 ވަނަ ފަންގިފިލާ) |
28 ޛުލްޤަޢިދާ 1437