ދިވެހިރާއްޖެ
މި އޮތޯރިޓީގެ ކުރިއަށް އޮތް ތިންއަހަރުގެ (2016–2018) އަހަރީހިސާބުތައް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސަައްކަތްކުރުމަށް ބިޑް ހުށަހަޅާ ފަރާތްތަކަކީ އޮޑިޓަރ ޖެނެރަލުގެ އޮފީހުން ހުއްދަ ދީފައިވާ އޮޑިޓް ފާމަކަށް ވާންޖެހޭނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ސެޕްޓެންބަރު 2016 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 ގައި ސިޓީއުރައެއްގައި ބަންދުކޮށްފައި ތިރީގައިވާ އެޑްރެހަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު (އިންފޮމޭޝަން ޓު ދަ ބިޑަރސް) އޮތޯރިޓީގެ ވެބްސައިޓުގެ މި http://cmda.gov.mv/assets/NEWS/2016/Sep/Information-to-bidders-External-Audit-Sep-2016.pdf ލިންކުން ލިބެން ހުންނާނެއެވެ.
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު / މާލެ، ދިވެހިރާއްޖެ.
ފޯން: 3336619 ، 3014105
ފެކްސް: 3336624
ވެބްސައިޓް:www.cmda.gov.mv
27 ޛުލްޤަޢިދާ 1437