ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2016/W-075
ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
2,500 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީ ކުރުން
ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ހުޅުމާލޭގައި 2،500 ހައުސިންގ ޔުނިޓު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްޤީ ކުރާނެ ފަރާތެއް ހޯދަން ޝައުޤުވެރިކަން ފާޅުކުރުމަށް ކުރެވުނު ނަންބަރު IUL)13-K1/2016/178) އިޢުލާނު ބާޠިލުކޮށް، ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މި މަސައްކަތަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 4 ސެޕްޓެންބަރު 2016 އިން 22 ސެޕްޓެންބަރު 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މިމަސައްކަތުގެ އާރް.އެފް.ޕީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި މަސައްކަތާ ބެހޭ އެއްވެސް ސުވާލެއްވާނަމަ 18 ސެޕްޓެންބަރު 2016 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠުހަމަވާ ފަރާތްތަކުން 26 ސެޕްޓެންބަރު 2016ވާ ހޯމަދުވަހުގެ 13:00ގެ ކުރިން މި މިނިސްޓްރީގެ ތިރީގައިވާ އެޑްރެހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349191 ، 3349266
ފެކްސް: 3320706 ، 3324432،
އީމެއިލް އެޑްރެސް: [email protected]
