ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނިން ހިންގަމުންގެންދާ ވިލިނގިލި އަވަށު އިންޖީނުގޭގައި ހުރި މި ދަންނަވާ ތަކެތި ސިޓީލައި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
- 3 ސްވިޗް ގިއަރ (”5’,4”x20) - 60 ރޫފިންގ ޝީޓްސް '12 ގެ
- 1 ދޮންނަ މެޝިން (ޝާޕް 9.5KG) - 1 އެލްމެނިއަމް ފިއުލް ޓޭންކް (7’x7’x5')
- 1 ޓީވީ "21 ގެ - 1 ދަގަނޑު ފިއުލް ޓޭންކް (8’x4’x4’)
- 1 ސީލިންގ ފަންކާ (KDK) - 30 ރޫފިންގ ޝީޓްސް '5 ގެ
- 1 ރޭޑިއޭޓަރ (6’x7’x18”) - 20 ބެޓެރީ 200A ގެ
- 1 ކަމިންސް އިންޖީނު (މެއިން ބޮޑީ) - 1 ކޮންޓެއިނަރ '20 ގެ
- 1 ސައިލެންސަރ ބެރެލް (77”x20”) - 15 ލައިޓް ކޮމްޕްލީޓް
މިތަކެތީގެ ނީލަން ފެށޭ އަގަކީ -/12،000 (ބާރަހާސް) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/1،000 (އެއްހާސް) ރުފިޔާއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެތަކެތި ބެލުމާއި، މަޢުލޫމާތު ސާފުކުރުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީ އަގު ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު، 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ. މިތަކެތި ބައްލަވަން ބޭނުންވާ ފަރާތްތަކުން ނަންބަރު 7993047 ، 7793503 ފޯނާ ގުޅުއްވުން އެދެމެވެ.
28 ޛުލްޤަޢިދާ 1437