ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|||||
މަޤާމު: ދޯނި ނެވި (ކޮންޓެކްޓް އުސޫލުން) ބޭނުންވާ އަދަދު: 1 ވަޒީފާ އަދާކުރަންޖެހޭތަން: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާ |
|||||
މަޤާމުގެ މަޢުލޫމާތު |
|||||
އަސާސީ ޝަރުޠު |
ކްލަސިފިކޭޝަން |
ރޭންކް |
މަޤާމު |
||
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް) ލިބިފައިވުން. - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، އެސް. އެސް/ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. ނުވަތަ - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް އެއް ފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން. |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
SS3 |
ދޯނި ނެވި |
1. އަތޮޅު ކައުންސިލު އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލުގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން. 2. އަތޮޅު ކައުންސިލުގެ އިދާރާގެ ކަނޑުއުޅަނދުފަހަރު ދުއްވާއިރުގައާއި ފަޅުގައި އޮންނައިރު، އެއަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އިންތިޒާމުކޮށް ހިންގުން. 3. ކަނޑުއުޅަދުފަހަރުގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ރަނގަޅަށް ބަލަހައްޓައި، ހަލާކުވާ ތަކެތި މަރާމާތު ކުރުމަށް، އިދާރާގެ ކަމާބެހޭ ވެރިންނާ މުވައްޒަފުންނާ ވާހަކަ ދައްކައި، އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން އެކަން ހިންގުން. 4. ދަތުރުނުކުރާ ބަންދުނޫން ދުވަސްތަކާއި ގަޑިތަކުގައި، އިދާރާއިން އަންގާ ގޮތެއްގެ މަތިން، ރަސްމީގަޑީގައި، އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުން. 5. އަތޮޅު ކައުންސިލުގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވާ ގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، ޒިންމާދާރުވެރިޔާގެ އިރުޝާދުގެ މަތިން، ރަސްމީ ކަންކަމުގައި ޙަރަކާތްތެރިވުން. 6. ކަނޑުއުޅަނދުފަހަރުގެ ދަތުރެއް ކުރަން ޖެހުމުން ދަތުރާބެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ފަޅުވެރިންގެ އިސްމީހެއްގެ ގޮތުގައި މަސައްކަތް ކުރުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
މުސާރައަކީ މަހަކު -/3875 ރުފިޔާ. ސަރވިސް އެލަވަންސް -/1000 ރުފިޔާއާއި ދަތުރު އެލަވަންސާއި އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. |
އުޖޫރައާއި އިނާޔަތްތައް: |
* ވަޒީފާއަށް އެދޭ ފޯމު ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް. * ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީގެ ސަރުކާރުގެ އޮފީހަކުން އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު. * ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު. * ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ނުވަތަ ސިޓީ) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. |
ސުންގަޑި |
މި މަޤާމަށް މީހަކު ހޮވުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށެވެ. އަދި ހޮވޭ މީހާއަކީ މަސައްކަތަށް ރަނގަޅު މީހެއް ކަމަށް ފެންނަ ނަމަ، އޭނާގެ މަޤާމު ދާއިމީ ކުރުމަށް ހުށަހެޅޭނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ ގަޑީގައި) މި އިދާރާގެ ނަންބަރު 6820028 ނަންބަރު ފޯނަށެވެ. |
އިތުރު މަޢުލޫމާތު |