އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

   މަޤާމު:                     މަސައްކަތު

   ބޭނުންވާ އަދަދު:                1 (އެކެއް)

   ވަޒީފާ އޮތް އޮފީސް:              އަލިފުށި ސްކޫލް

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އެޑްމިން ސެކްޝަން، އަލިފުށި ސްކޫލް

  • މި ސްކޫލުން މަސައްކަތު މީހަކު ހޯދުމަށްޓަކައި ކުރެވުނު އިޢުލާން ނަންބަރު 15/ 2016/ GS68 (17 މާރިޗު 2016) އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް އެ ވަޒީފާ ބޭނުންނުވާތީ، އަލުން އިޢުލާން ކުރަމެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުލާސްރޫމްތައް މާބޮޑަށް ހިރަފުސްވެއްޖެނަމަ ކުލާސް ދޮންނަންވާނެއެވެ.
  2. މުވައްޒަފުންގެ ފާޚާނާއާއި ދަރިވަރުންގެ ފާޚާނާ މަދުވެގެން ދުވާލަކު ދެފަހަރު ސާފުކޮށް އެތަނުގައިވާ މަކުނުވާތަކާއި ހިރަފުސް ފޮޅައި ސާފުކުރުން.
  3. ކުލާސްރޫމްތައް މަދުވެގެން މަހަކު 1 ފަހަރު ދޮވެ ސާފުކުރުން.
  4. ކުނިކެހުމަށް ހަވާލުކުރެވިފައިވާ ސަރަޙައްދުގެ ގަސް ނޮޅައި ސާފުކޮށް ކުނިކަހައި ބެލެއްޓުން.
  5. ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
  6. ރަސްމީގަޑީގެ އިތުރަށް ކަނޑައެޅޭ ޑިޔުޓީތަކަށާއި މަދަރުސާއިން ހިންގާ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުމަށް އަންގަވައިފިނަމަ ކަނޑައަޅާ ގަޑިތަކަށް ހާޒިރުވުން.
  7. ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާ، ޕާޓީ، ޙަފުލާ ފަދަ ކަންތައްތަކުގައި ހޯލު ނުވަތަ ގޯތިތެރެ ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  8. ވަޒީފާގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް ފުރިހަމައަށް އަދާކުރުން.

ޝަރުޠު

މަޤާމު

ކުލެސިފިކޭޝަން

ސިވިލް ސަރވިސް ރޭންކް

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

ސަޕޯޓް ސްޓާފް ގްރޭޑް 1

އެސް.އެސް 1

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފއިވުން.

މަހަކު -/3100 ރުފިޔާ

މަހަކު -/1000 ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުން ފެށިގެން 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހާ ދެމެދުގެ ތާރީޚެއްގައި އަލިފުށި ސްކޫލުގައެވެ. (ހުށަހެޅޭ ލިޔެކިޔުންތަކަށް ބަލައި ލިޔަންކިޔަން އެނގޭމިންވަރު ބެލޭނެއެވެ.)

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި، މި ސްކޫލުގެ ވެބްސައިޓުންނާއި (www.alifushischool.edu.mv)، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު (www.csc.gov.mv) އިން މިފޯމު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު އަދި މުއްދަތު ހަމަނުވާ ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އަލިފުށީ ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ: 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިންނެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ފޯން: 6580137

ފެކްސް: 6580381

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016
ހޯދާ