ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޑިނޭޓަރ

އިޢުލާން

މަޤާމު:

ކޯޑިނޭޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮޅުމަޑުލު މަޑިފުށީ ކޮމިއުނިޓީ އީ.ސެންޓަރ

ގަޑި:

ރަސްމީ ދުވަސްދުވަހުގެ ހެނދުނު 9:00 އިން 14:00 އަށް (ޓްރެއިނިންގ ސެޝަންތައް ކުރިޔަށް ގެންދާ ޝެޑިއުލަށް ބަލައިގެން ގަޑިއަށް ބަދަލުތައް ގެނެވޭނެއެވެ.)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ

 

ކެޓަގަރީ

ފެށޭ މުސާރަ

ޕްރޮބޭޝަނަށްފަހު ދެވޭ މުސާރަ

މުސާރަ

ޓްރެއިނިންގ އެލަވަންސް

މުސާރަ

ޓްރެއިނިންގ އެލަވަންސް

ފެންވަރު ނުވަތަ ޝަރުޠު ހަމަވާ ފަރާތްތަކަށް

މަހަކު -/3000 ރުފިޔާ

މަހަކު -/2500 ރުފިޔާ

މަހަކު -/3000 ރުފިޔާ

މަހަކު -/2500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު ހަމަނުވާ ފަރާތްތަކަށް

މަހަކު -/3000 ރުފިޔާ

-

މަހަކު -/3000 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޕާޓްޓައިމް ފަރާތްތަކަށް

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް -/250 ރުފިޔާ

 

ނޯޓް: - ޕާޓްޓައިމް ކެންޑިޑޭޓުން ފިޔަވައި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދެވޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު ފުރިހަމަ ނުވާ ފަރާތަކަށް، 3 މަސްދުވަހުގެ ޓްރެއިނިންގ/ޕްރޮބޭޝަންގެ މުއްދަތު ހަމަވުމުން، މުއްދަތުގެ މަސައްކަތް އިވެލުވޭޓްކޮށް، ފެންވަރު ބެލުމުގެ އިމްތިޙާނެއް ދެވޭނެއެވެ. އިވެލުވޭޝަން އަދި އިމްތިޙާނުގެ ނަތީޖާއަށް ބެލުމަށްފަހު ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1- އައި.ސީ.ޓީ އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އައި.ސީ.ޓީ ނުވަތަ އައި.ސީ.ޓީ އާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2- ކޮމްޕިއުޓަރާއި އިންޓަރނެޓް މުޅިން އަލަށް ބޭނުންކުރަން ފަށައިގަންނަ މީހުންނަށާއި، ކޮމްޕިއުޓަރާއި އިންޓަރނެޓް ބޭނުންކުރުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވުން.

ނޯޓް: 1- މިވަޒީފާއަށް އެދޭ ގިނަ ފަރާތްތަކަކަށް ފުރުޞަތު ދިނުމުގެ ގޮތުން، މަތީގައި ބަޔާންކޮށްފައިވާ ފެންވަރު ނުވަތަ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ނަމަވެސް، މި ފަރާތްތަކަށް ފުރުޞަތު ދެވޭނީ، މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ ކެންޑިޑޭޓަކު ނުލިބިއްޖެނަމައެވެ. އަދި މި ފަރާތްތަކުގެ ވަޒީފާ ދާއިމީ ކުރެވޭނީ، މި އިދާރާއިން ހިންގާ މަސައްކަތުގެ ފެންވަރު ބެލުމުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. ނުވަތަ

2- ސީ.އީ.ސީ ތަކުގައި ތަމްރީނު ޕްރޮގްރާމް ހިންގުމަށް ޝައުޤުވެރިކަން ހުންނަ، އެހެނަސް އެހެނިހެން ވަޒީފާއެއް އަދާކުރައްވާ ފަރާތްތަކަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ނަމަވެސް، މި ފަރާތްތަކަށް ފުރުޞަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ކެންޑިޑޭޓަކު ނުވަތަ ފެންވަރު ނުވަތަ ޝަރުޠު ފުރިހަމަނުވާ ކެންޑިޑޭޓަކު ވެސް ނުލިބިއްޖެނަމައެވެ.

ކޯޑިނޭޓަރުގެ މަސްއޫލިއްޔަތު:

1. ކޮމިއުނިޓީ އީ.ސެންޓަރު ހިންގުން.

2. ކޮމިއުނިޓީ އީ.ސެންޓަރުގައި ހިންގޭ އެކިއެކި ޓްރެއިނިންގ ޕްރޮގުރާމްތައް ރާވައި ހިންގުމަށް ކުރަންޖެހޭ އިންތިޒާމު ހަމަޖެއްސުން.

3. ތަމްރީނު އަދި އެވެއަރނެސް ޕްރޮގްރާމްތަކުގެ ރިކޯޑު ބެލެހެއްޓުމާއި އިދާރީ މަސައްކަތްތައް ކުރުން.

އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

1- ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލެނީ، ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

2- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ، އަންނަނިވި ބައިތަކަށް ޕޮއިންޓް ދެވޭނެއެވެ. މިގޮތުންނެވެ.

  • ތަޢުލީމީ ފެންވަރު % 15
  • މަސައްކަތު ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %45
  • ޕްރެކްޓިކަލް %20
  • ޕްރެޒެންޓޭޝަން %20

އިންޓަރވިއު ކުރުން:

މި މަޤާމަށް ޝަރުޠު ހަމާވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު، ޕްރެކްޓިކަލް އަދި ޕްރެޒެންޓޭޝަން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އަންގަވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ކޯޑިނޭޓަރުކަމުގެ ވަޒީފާއަށް އެދޭ ފޯމު (މި އިދާރާއިން ލިބެން ހުންނާނެއެވެ.)

2- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ސާފުކޮށް ކިޔަން އެނގޭ)

3- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

6- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ތ. މަޑިފުށީ ކައުންސިލް އިދާރާއަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 14:00ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ތ.މަޑފުށީ ކައުންސިލު އިދާރާގެ 6780034 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ. 

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ