ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ:
މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރި އިޢުލާން GS-180/2016/110 ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 13:00 ގައި. |
2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި. |
ސިޓީ ހުށަހަޅާއިރު، ގެއާއި ގޯތީގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުއްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.
- ގޭގެ ދިއްލުންތަކާއި ފަންކާ އަދި ފެންނަގާ ޕަންޕު ފަދަ އަސާސީ އިލެކްޓްރިކް ފިޓިންގްސްއާއި މި ދެންނެވުނު ފަދަ އަސާސީ އެންމެހައި ތަކެތި ފުރިހަމައަށް ހުރުން.
- ފެންނަގާ ވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން. އަދި ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރުކަމެއް ހުރިނަމަ، އެކަން ހުންނަންވާނީ ޙައްލުވެފައެވެ.
- ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ތަކެތި ފުރިހަމައަށް ހުރުން.
- ހުސް ވަގުތު އިށީނދެ ތިބުމަށާއި ލިޔެކިޔުމުގެ ކަންތައްތައްކޮށް އުޅުމަށް ބޭނުންވާ ސާމާނު.
- ދަތިނުވެ 2 މީހަކަށް ނިދައި އުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
- ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެއްނުވާގޮތަށް ވަދެނިކުމެވޭގޮތަށް ހުރުން.
މިދެންނެވި ޚިދުމަތްތައް، ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި ލިބެން ހުންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް 6780568 ނަންބަރު ފޯނަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ޛުލްޤަޢިދާ 1437