ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުމަށް

އިޢުލާން

މަސް ކައްކައި ހިއްކުމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތަށް ގދ. މަޑަވެލީ އުތުރުކޮޅުން ބިން ކުއްޔަށް ހިފުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

މަސް ކައްކައި ހިއްކުމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތަށް ގދ. މަޑަވެލީ އުތުރުކޮޅުން ދޫކުރުމަށް ހުއްދަ ލިބިފައިވާ 5000 އަކަފޫޓުގެ 30 ބިން ކުއްޔަށް ދޫކުރުމަށް މަޑަވެލި ކައުންސިލުން ނިންމާފައިވާތީ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްޞަކުރެވިފައިވާ ބިޑުފޯމުގައެވެ. 1 ސެޕްޓެންބަރު 2016 އިން ފެށިގެން 18 ސެޕްޓެންބަރު 2016 އާ ހަމައަށް، ރަސްމީ ކޮންމެ ދުވަހަކު 09:00 އިން ފެށިގެން 13:00 އަށް ބިޑްފޯމު މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބިޑުފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ) ރުފިޔާއެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚު

 

މަޑަވެލި ކައުންސިލުގެ މީޓިންގރޫމް

10:00

އާދީއްތަ

25 ސެޕްޓެންބަރު 2016

ބީލަން ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑް ޑޮކިއުމެންޓް ބައްލަވައިގަނެ، މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ވަގުތަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލުގެ ނަންބަރު 6840006 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 އޮގަސްޓް 2016
ހޯދާ