މަޤާމު
|
ވަގުތީ އެޓެންޑެންޓް (1 އަހަރުދުވަހުގެ މުއްދަތަށް)
|
ބޭނުންވާ އަދަދު
|
2
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
ރޭންކް: އެސް.އެސް 2
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން
|
ނާރސިން ސަރވިސް ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ތ. އަތޮޅު ހޮސްޕިޓަލް، ތ.ވޭމަންޑޫ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ އަދި ވަށައިގެން ހިމެނޭ ސަރަޙައްދު (މަގުތައް) ކުނިކަހައި ފޮޅައި ސާފުކުރުން.
- ހޮސްޕިޓަލުގެ އެންމެހައި ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެއްޗާއި، މެޑިކަލް އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުސޫލުން ސާފުކުރުން.
- ހޮސްޕިޓަލުގައި ދުވަހުން ދުވަހަށް ބޭނުންކުރާ ބެޑްޝީޓާއި، ބާލީހާއި، ބާލީސްއުރަ އަދި ގައުން ފަދަ ތަކެތި ސާފުކޮށް ދޮވެ ހިއްކައި އިސްތިރިކޮށް، ރައްކާތެރިކަމާއެކު ބެހެއްޓުން.
- ދުވަހުން ދުވަހަށް ހޮސްލިޓަލް ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްލުމާއި، ކުއްލިއަކަށް ދިމާވާ ކަންކަމާ ގުޅިގެން ހަޑިވާ ހަޑިވުން ވަގުތުން ވަގުތަށް ސާފުކުރުން.
- ހޮސްޕިޓަލުގައި ދޮވެ އިސްތިރިކުރުމަށް ބޭނުންކުރާ މެޝިންތައް ސާފުކޮށް ބެލެހެއްޓުމާއި، މެޝިނަކަށް އެއްވެސް ކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތަށް އެކަން އެންގުން.
- ހޮސްޕިޓަލުގެ ލެބޯޓްރީގައި ބޭނުންކުރާ އެންމެހައި އިންސްޓްރޫމެންޓްސް އަދި އިކްއިޕްމަންޓްސް ދޮވެ ސާފުކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2- މަޤާމަށް ބޭނުންވާނޭ ތަމްރީނެއް ނުވަތަ ލައިސަންސެއް ނުވަތަ ހުއްދައެއް ނުވަތަ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
3- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރ ގެ ރޭޓުން ރިސްކް އެލަވަންސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު - ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 12:00ގެ ކުރިން މި ހޮސްޕިޓަލަށް
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގައި، ތ.އަތޮޅު ހޮސްޕިޓަލުގައި
|
އިތުރު މަޢުލޫމާތު
|
މި މަޤާމަށް ހޮވޭ މުވައްޒަފުންނަކީ، މި ހޮސްޕިޓަލުން ކަނޑައަޅާ ވަގުތުތަކެއްގައި، ދަންފަޅި އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6780057 އެވެ.
|