މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މާލެ
|
މަޤާމުގެ ޝަރުޠު:
|
- މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ޑިޕްލޮމާ ކޯސް ފުރިހަމަ ކޮށްފައިވުން. އަދި/ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަން) މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- ފަރިތަކަމާއެކު ރަނގަޅު ފެންވަރެއްގައި އިނގިރޭސިން މުޢާމަލާތު ކުރަން އެނގުން.
- ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުން. އަދި މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް މައިކްރޯސޮފްޓް ވާރޑް އަދި އެކްސެލް).
- މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.
- ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށްވުން.
|
އާންމުކޮށް ކުރަންޖެހޭ މަސައްކަތް:
|
- އޮފީހުގެ ޖެނެރަލް އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުމާއި، އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. އަދި އަހަރީރިޕޯޓު ތައްޔާރުކުރުމުގައި ސެކްޝަނުގެ އިސް މުވައްޒަފުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން.
- އޮފީހަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓްރީ ކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވޭތޯ ބެލުމާއި، އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެ މަސައްކަތްތައް އިސްވެ ރާވައި ހިންގުން. އެޑްމިން އަށް އަންނަ މައްސަލަތައް ބަލައި ޙައްލުކުރުން.
- އޮފީހުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި، އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
- ޕޮލިސްރިޕޯޓު.
- ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
- ޑްރައިވިންގ ލައިސެންސްކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ.
|
ސުންގަޑި:
|
2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 16:00 ގެ ކުރިން.
|
އިންޓަރވިއު:
|
އިންޓަރވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރެސް:
|
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ހ.ގަދަމޫ ބިލްޑިންގ/ 2 ވަނަ ފަންގިފިލާ
މާލެ
ފޯނު: 6898010 / 3017070
އީމެއިލް: [email protected]
|