ދިވެހިރާއްޖެ
ހއ. ވަށަފަރު ޞިއްޙީމަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
މަޤާމު ބޭނުންވާ އަދަދު |
މަސައްކަތު 1 (އެކެއް) |
|
|
||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: އެސް އެސް 1 |
މުސާރަ |
މަހަކު -/3100 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
|
މަޤާުް އޮތް ތަން |
ހއ. ވަށަފަރު ޞިއްޙީމަރުކަޒު / ހއ. ވަށަފަރު |
|
އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން |
ހއ. ވަށަފަރު ޞިއްޙީމަރުކަޒު |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1- މަރުކަޒުގެ ގޯތިތެރެއިން ވިނަ ނޮޅައި ސާފުކުރުމާއި، އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލުން. 2- އެކި ފަރާތްތަކަށާއި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީ މެސެޖު ފަދަ ތަކެތި ހަވާލުކުރުން. 3- މަރުކަޒުގެ ރަސްމީގަޑި ފެށުމުގެ 10 މިނިޓް ކުރިން ކޮންމެ ދުވަހަކުވެސް އޮފީސް އިމާރާތް ފޮޅައި ސާފުކޮށް މޮޕްޖެހުން، އަދި ކޮންމެ ހަފުތާއަކު އެއްފަހަރު އޮފީހުގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އެހެނިހެން މެޝިންތައް ސާފުކުރުން 4- ޞިއްޙީމަރުކަޒަށް ބޭނުންވާ ތަކެތި ގަތުމާއި، އަގު ބަލާ ފޯމުތައް ހިފައިގެން ފިހާރަތަކަށް ދިއުން. |
|
ތަޢުލީމާއި ތަޖުރިބާ |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
|
އިނާޔަތްތައް |
އިތުރުގަޑީގައާއި ބަންދު ދުވަހު މަސައްކަތްކުރައްވާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި ރިސްކް އެލަވަންސް ލިބިލައްވާނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ ރިސެޕްޝަން ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައި) 3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ 4. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 5. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.) 6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން |
|
ސުންގަޑި / އަދި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ ޢަމަލު ކުރަންވީގޮތް |
މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާގުޅޭ ލިޔުންތައް ހއ.ވަށަފަރު ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި ވަށަފަރު ޞިއްޙީމަރުކަޒުގެ ނަންބަރު 6500565 ފޯނަށް ގުޅުއްވުން އެދެމެވެ. |
|
އިންޓަރވިއު ކުރުން: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 އޮކްޓޫބަރުމަހުގެ 10 ގެ ކުރިން ވަށަފަރު ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ. |
29 ޛުލްޤަޢިދާ 1437