މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީ ގެ އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތްތަކުގެ ރަޖިސްޓަރީއެއް އެކުލަވައިލުމާބެހޭ

އިޢުލާން

އެމްޓީސީސީ ގެ އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް، ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ރަޖިސްޓަރީއެއް އެކުލަވައިލުމަށް ބޭނުންވެއެވެ.

1. ކުރަން ބޭނުންވާ މަސައްކަތް.

1.1 ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަންގެ މަސައްކަތް

1.2 ލަކުޑި އަދި ފައިބަރުގެ މަސައްކަތް

1.3 އޮޓޯ މޯބައިލްއާބެހޭ މަސައްކަތް

1.4 މެރިން އިންޖިނިއަރިންގއާބެހޭ މަސައްކަތް

2. މަސައްކަތުގެ ތަފުސީލު

    1.  1 ވަނަ ނަންބަރުގެ 1.1 ގައި ބަޔާން ކުރެވިފައިވާ ވެލްޑިންގް އެންޑް މެޓަލް ފެބްރިކޭޝަންގެ މަސައްކަތްތަކުގެ ތެރޭގައި ކުރަން ޖެހެނީ، އޮޑިދޯނި ފަހަރު ބަނުންފަދަ ބޮޑެތި ވެލްޑިންގ މަސައްކަތްތަކެވެ. މަސައްކަތަށް ބޭނުންވާނެ، ތަކެއްޗާއި ކަރަންޓް ފޯރުކޮށްދޭނީ މި ކުންފުނިންނެވެ. މީގެ އިތުރަށް މެޝިނަރީޒް، ޕްލާންޓް ފަދަ ތަކެތި ބޭނުންވެއްޖެ ހާލަތެއްގައި، ކުލި ހިނގާގޮތަށް ދޫކުރެވިދާނެއެވެ.

    2.  1 ވަނަ ނަންބަރުގެ 1.2 ގައި ބަޔާންކުރެވިފައިވާ ލަކުޑިއާއި ފައިބަރުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ އޮޑި ދޯނިފަހަރު ބަނުމާއި، އެހެނިހެން ބޮޑެތި ފައިބަރާއި ލަކުޑީގެ މަސައްކަތްތަކެވެ. މި މަސައްކަތްތަކަށް ބޭނުންވާނެ މަސައްކަތު އާލާތް ހޯދުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ކަމެކެވެ. މި ކުންފުނިން ފޯރުކޮށްދޭނީ ކަރަންޓައި، މަސައްކަތަށް ބޭނުންވާނެ ތަކެއްޗެވެ.

    3.  1 ވަނަ ނަންބަރުގެ 1.3 ގައި ބަޔާންކުރެވިފައިވާ އޮޓޯމޮބައިލްގެ މަސައްކަތުގައި ކުރަންޖެހެނީ ކުންފުނީގެ ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތަކަށް ބޭނުންވާނެ މަސައްކަތު އާލާތް ހޯދުމަކީ މަސައްކަތް ހަވާލުވާފަރާތުގެ ކަމެކެވެ. މި ކުންފުނިން ފޯރުކޮށްދޭނީ ކަރަންޓްގެ ޚިދުމަތް އެކަންޏެވެ.

    4.  1 ވަނަ ނަންބަރުގެ 1.4 ގައި ބަޔާންކުރެވިފައިވާ މެރިންއިންޖިނިއަރިންގގެ މަސައްކަތުގައި ކުރަންޖެހެނީ، ކުންފުނީގެ އޮޑި ދޯނިފަހަރުގެ އިންޖީނާއި، އިންޖީނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓްގެ ޔާޑަށް އެހެލާ އެހެނިހެން ފަރާތްތަކުގެ އޮޑިދޯނިފަހަރުގެ އިންޖީނު މަރާމާތުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތަކަށް ބޭނުންވާނެ މަސައްކަތުގެ އާލާތް ހޯދުމަކީ މަސައްކަތާ ހަވާލުވާ ފަރަތުގެ ކަމެކެވެ. މި ކުންފުނިން ފޯރުކޮށްދޭނީ ކަރަންޓްގެ ޚިދުމަތް އެކަންޏެވެ.

ވީމާ މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވާ ޑޮކިއުމަންޓްތަކާއެކު ރަޖިސްޓަރީގައި ނަން ނޯޓުކުރެއްވުމަށް 29 އޮގަސްޓު 2016 އިން 28 ސެޕްޓެންބަރު 2016 އަށް ކޮންމެ ދުވަހެއްގެ 10:00 އިން 15:00 އާ ދެމެދު މި ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްއަށް (އެމްޓީސީސީ ޓަވަރ 2 ވަނަ ފަންގިފިލައަށް) ވަޑައިގެން ދެއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  • މަސައްކަތަށް ޝައުގުވެރިވާ ފަރާތުގެ ކުންފުނި ނުވަތަ، ފަރުދީ ވިޔަފާރީގެ ރަޖިސްޓަރީ ހުށަހެޅުން.

  • ހިއްސާދާރުންގެ މަޢުލޫމާތު ހުށަހެޅުން.

  • މަސައްކަތްކުރާ ވޯކްޝޮޕެއް ފަދަތަނެއް ހުރިނަމަ އެތަނުގެ ތަފުސީލު ހުށަހެޅުން

  • މަސައްކަތްކުރާ މުވަޒަފުންގެ ވަނަވަރު ހުށަހެޅުން

  • މަސައްކަތުގައި ބޭނުންކުރާ މައިގަނޑު މެޝިނަރީތަކުގެ ތަފުސީލު ހުށަހެޅުން

27 އޮގަސްޓް 2016
ހޯދާ