މަޤާމުގެ މަސްއޫލިއްޔަތު:
|
- ހަވާލުކުރެވޭ ތާވަލެއްގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
- ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި ހަމަޖެހިފައިވާ އުސޫލުން އެންޓްރީ ނަގައި ކަމާ ބެހޭ ވެރިޔެއްގެ އަރިހަށް ގެންދިޔުން.
- މުވައްޒަފުންނަށް ވަޒީފާ ދިނުމާއި/ ބަދަލު ކުރުމާއި/ ވަކި ކުރުމުގެ ކަންތައް ޤައުމީ ޔުނިވަރސިޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރުން.
- ފެކަލްޓީ/ ސެންޓަރ/ ކެމްޕަސްތަކުގެ ރަޖިސްޓަރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ހުސްވާ މަޤާމުތަކަށް އިޢުލާންކޮށް އެ މަޤާމުތަކުގެ އިންޓަރވިއުގެ ކަންތައްތައް ޕްރޮސީޖާ މެނުއަލްގައިވާ ގޮތަށް ކުރުން.
- ބިދޭސީ މުވައްޒަފުންގެ މާލެ އައުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސައި، ގަވާއިދުން އެ މީހުންގެ ވާރކް ވިސާ ކާޑު އަދި ވިސާ ފީ ދެއްކުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- މުވައްޒަފުންގެ ވަޒިފާއާ ގުޅިގެން ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭން ޖެހޭ ސިޓީއެއް ހުރިނަމަ ވެރިޔެއްގެ މަޝްވަރާގެ މަތިން ކަމާ ބެހޭ ފަރާތަކަށް 3 ދުވަހުގެ ތެރޭގައި ވަގުތީ ޖަވާބެއް ނަމަވެސް ދިނުން.
- މުސާރަ ދިނުމަށް ސެޕް ސިސްޓަމަށް ވަޒީފާ ދެއްވާ މުވައްޒަފުންނާއި، ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އެޅުން.
- ވަޒީފާ ބަޔާންތައް ތައްޔާރުކޮށް، ކަމާބެހޭ މުވައްޒަފު ލައްވައި ސޮއިކުރުވައި ވަޒީފާގެ ޗިޓުތައް ކަމާބެހޭ ސެކްޝަންތަކަށް ޙަވާލުކޮށް އެ ޗިޓުތައް ފައިލުކޮށް ބެލެހެއްޓުން.
- އަލަށް ލައްވާ މުވައްޒަފުންގެ މަޢުލޫމާތު ހިޔުމަން ރިސޯސް ސިސްޓަމަށް އެންޓަރކޮށް އެ މުވައްޒަފުންގެ ކާޑު ހަދައިދިނުން.
- މުވައްޒަފުންގެ މަޢުލޫމާތު ފައިލު އަޕްޑޭޓްކޮށް ޕްރޮބޭޝަން ފޯމުތައް ފުރުވުން.
- ގަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމް ބުނާ މުވައްޒަފެއް/ އަހަރީ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.
http://mnu.edu.mv/images/downloads/Job%20Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓު:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ޔުނިވަރސިޓީގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަންގެ މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
|