ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
03 ޕިކަޕް (2.5 ޓަން ނުވަތަ 3 ޓަން) ކުއްޔަށް ހިފުން
މި ކޯޕަރޭޝަނުން އައްޑޫސިޓީގައި ކުރިއަށްގެންދާ ވޭސްޓް މޭނެޖްމެންޓް ޕްރޮޖެކްޓުގައި ބޭނުންކުރުމަށް 2.5 ޓަނުގެ ނުވަތަ 3 ޓަނުގެ 3 ޕިކަޕް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މި ތަކެތި ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކޯޕަރޭޝަންގެ ސ.ހިތަދޫ ސައިޓް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ސެޕްޓެންބަރު 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކޯޕަރޭޝަންގެ ސ.ހިތަދޫ ސައިޓް އޮފީހަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅުއްވާނީވެސް މި އެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657 +
ފެކްސް ނަންބަރު: 9603317133 +
28 ޛުލްޤަޢިދާ 1437