ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި މިނިސްޓްރީގެ ބޭނުމަށް 1 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް 31 އޮގަސްޓު 2016 ގައި ކޮށްފައިވާ ނަންބަރު IUL)438-PDU/438/2016/216) އިޢުލާނުގައި ލިޔުމުގެ ކުށެއް އޮތުމުން އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
އެޕާޓްމަންޓް ހުންނަންވީ ގޮތާއި ތަކެތީގެ ތަފުސީލު
އެއް ރޫމުގެ އެޕާޓްމަންޓް (ފާޚާނާ، ބަދިގެ އަދި ސިޓިންގރޫމާއެކު).
168 އަކަފޫޓަށްވުރެ ކުޑަ ނޫން ތަނަކަށްވުން.
ފަރުނީޗަރ: ފުލީ ފާރނިޝްޑް.
ޢިމާރާތް ހުންނަ ގޮތުގެ ކުރެހުމެއް ނުވަތަ ފޮޓޯ އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.
-
މި މިނިސްޓްރީގެ ފަރާތުން ޢިމާރާތް ބެލުމަށް ބޭނުންވާ ކޮންމެ ހިނދެއްގައި ބެލުމުގެ ފުރުޞަތު ދޭންވާނެއެވެ. އަދި ޢިމާރާތް ބެލުމަށް ގުޅަންޖެހޭނެ 2 ފަރާތެއްގެ ފޯންނަންބަރު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
-
ފެނާއި ކަރަންޓު ހުންނަންވާނީ އިމާރާތުގެ އެހެން ފްލޯރތަކާ ވަކިކުރެވިފައެވެ.
-
ކުލި ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކަށްވެސް ވަކިންނެވެ.
-
ޢިމާރާތް ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ފެނާއި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލައެއް ހައްލުކޮށްދޭންވާނީ ޢިމާރާތް ކުއްޔަށްދޫކުރާ ފަރާތުންނެވެ.
-
އެހެނިހެން މައްސަލަތައް ހައްލު ކުރާނެގޮތް (މިނިސްޓްރީއާއި އެޕާޓްމަންޓް ކުއްޔަށް ދޭ ފަރާތާ ވާހަކަ ދެއްކުމަށް ފަހުގައެވެ.)
-
ފެނާއި ކަރަންޓް ބިލު ދައްކާނީ މިނިސްޓްރީއަށް ބިލު ހުށަހެޅުމުން މިނިސްޓްރީންނެވެ.
ހުށަހަޅަންޖެހޭ ތަކެތި
-
ކުއްޔަށް ދޫކުރެވޭނެ އަގު:
-
ކުއްޔަށް ދޭން ގަސްތުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ވެންޓިލޭޝަން އެނގޭނެގޮތަށް)
-
ޢިމާރާތް ކުއްޔަށްދޭއިރު ޢިމާރާތުގައި ހުރި ފަރުނީޗަރުތަކާއި އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލުގެ ތަފުސީލު
-
ކުއްޔަށް ދޭން ގަސްތުކުރަނީ ޢިމާރާތުގެ ވެރިފަރާތުން ކަމުގައިވާނަމަ، ގޭގެ ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ކުއްޔަށް ދޭން ގަސްތުކުރަނީ ޢިމާރާތުގެ ވެރިފަރާތުން ނޫން ފަރާތަކުން ކަމުގައިވާނަމަ، ކުއްޔަށް ދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި، އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
-
ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:
- އަގަށް: 60 ޕޮއިންޓު
(ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 60)
- ޢިމާރާތް ހުންނަގޮތް (ކުޑަބޮޑުމިނާއި އަދި ތަނުގެ ސާފުތާހިރުކަމާއި ރީތިކަމާއި އަގާ އެކަށީގެންވޭތޯ) : 20
(ހުށަހަޅާ ތަން ބެލުމަށްފަހު)
- ކުއްޔަށް ދޭ ޢިމާރާތުގައި ހުންނަ ތަކެއްޗަށް: 20
(އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދާ)
ކުއްޔަށް ހިފާނެ އެޕާޓްމަންޓެއް ހަމަޖެއްސުމުގައި ހުށަހެޅޭ އަންދާސީހިސާބުތަކުގައިވާ ޢިމާރާތްތަކުގެ ތެރެއިން އަގަށާއި، ތަން ހުންނަ ގޮތާއި، އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލަށް ބެލުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބެލެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 6 ވާ ހޯމަދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއުރައިގައި ބީލަން ބަންދުކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް ޖައްސަވައި 2016 ސެޕްޓެންބަރު 6 ވާ ހޯމަދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
"މި މިނިސްޓްރީގެ ބޭނުމަށް 1 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް IUL)438-PDU/438/2016/230)"
ނޯޓު:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތަކާއި ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅާ ފަރާތްތަކުގެ ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018342 / 3018384 ނަންބަރު ފޯނަށެވެ.