ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ޕޭވްމެންޓާއި ޑްރެއިން ސިސްޓަމް ޤާއިމުކުރުން

އިޢުލާން

ނައިފަރު ފުޓްބޯޅަދަނޑުގެ ޕޭވްމެންޓާއި ޑްރެއިން ސިސްޓަމް ޤާއިމުކުރުން

ނައިފަރު ފުޓްބޯޅަދަނޑުގެ ޕޭވްމެންޓާއި ޑްރެއިން ސިސްޓަމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ބީލަމަށް ހުޅުވައިލަމެވެ. ވީމާ، ކޮންޓްރެކްޓް އުސޫލުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލުގެ އިދާރާއަށް ދުރުވެ ބިޑް ޑޮކިޔުމެންޓް ނެންގެވުން އެދެމެވެ. ބިޑް ޑޮކިޔުމެންޓް ދޫކުރެވޭނީ ސޮފްޓްކޮޕީ ފޯމެޓްގައެވެ. ވީމާ، ޑޮކިޔުމެންޓް ބައްލަވާ އޮފީހަށް ދުރުވާއިރު ޔޫއެސްބީ ސްޓޯރޭޖް ޑިވައިސްއެއް ގެންނަވަންވާނެއެވެ. ބިޑް ޑޮކިޔުމެންޓް މެއިލުން ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7945002 މުޙައްމަދު ޙުސައިނަށް ގުޅުއްވުން އެދެމެވެ.

ބިޑް ޑޮކިޔުމެންޓް ދޫކުރުން

29 އޮގަސްޓު 2016 އިން ފެށިގެން ޕްރީބިޑް މީޓިންގއާ ހަމައަށް ނައިފަރު ކައުންސިލުގެ އިދާރާގައި

ޕްރީބިޑް މީޓިންގ

4 ސެޕްޓެންބަރު 2016 (އާދީއްތަ) – 14:30 ގައި ނައިފަރު ކައުންސިލުގެ އިދާރާގައި

(ޕްރީބިޑް މީޓިންގަށް ދުރުވާއިރު ބިޑް ޑޮކިޔުމެންޓް ގެންނެވުން އެދެމެވެ.)

ބިޑް އޯޕަން މީޓިންގ

8 ސެޕްޓެންބަރު 2016 (ބުރާސްފަތި) – 13:30 ގައި ނައިފަރު ކައުންސިލުގެ އިދާރާގައި

29 އޮގަސްޓް 2016
ހޯދާ