ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ފެންސް ނުޖަހާ އޮތް ބައިގައި ފެންސް ޖެހުން

އިޢުލާން

ނައިފަރު ފުޓްބޯޅަދަނޑުގެ ފެންސް ނުޖަހާ އޮތް ބައިގައި ފެންސް ޖެހުން

ނައިފަރު ފުޓްބޯޅަދަނޑުގެ ފެންސް ނުޖަހާ އޮތް ބައިގައި، އަމިއްލަ ތަކެތީގައި ފެންސް ޖެހުމުގެ މަސައްކަތުގެ ބީލަމަށް ހުޅުވައިލަމެވެ. ވީމާ، ކޮންޓްރެކްޓް އުސޫލުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ޑޮކިޔުމެންޓްސް ނެންގެވުން އެދެމެވެ. ބިޑް ޑޮކިޔުމެންޓްސް ދޫކުރެވޭނީ ސޮފްޓްކޮޕީ ފޯމެޓްގައެވެ. ވީމާ، ޑޮކިޔުމެންޓް ބައްލަވާ އޮފީހަށް ދުރުވާއިރު، ޔޫއެސްބީ ސްޓޯރޭޖް ޑިވައިސްއެއް ގެންނަވަންވާނެއެވެ. ބިޑް ޑޮކިޔުމެންޓް މެއިލުން ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7945002 މުޙައްމަދު ޙުސައިނަށް ގުޅުއްވުން އެދެމެވެ.

ބިޑް ޑޮކިޔުމެންޓްސް ދޫކުރުން

29 އޮގަސްޓު 2016 އިން ފެށިގެން ޕްރީބިޑް މީޓިންގއާ ހަމައަށް ނައިފަރު ކައުންސިލުގެ އިދާރާގައި

ޕްރީބިޑް މީޓިންގ

4 ސެޕްޓެންބަރު 2016 (އާދީއްތަ) – 13:30 ގައި ނައިފަރު ކައުންސިލުގެ އިދާރާގައި

(ޕްރީބިޑް މީޓިންގަށް ދުރުވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނެވުން އެދެމެވެ.)

ބިޑް އޯޕަން މީޓިންގ

8 ސެޕްޓެންބަރު 2016 (ބުރާސްފަތި) – 13:30 ގައި ނައިފަރު ކައުންސިލުގެ އިދާރާގައި

29 އޮގަސްޓް 2016
ހޯދާ