ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS216/2015/43 އިޢުލާނާ ގުޅިގެން، އެކްޓިވިޓީ ޔުނީފޯމު ފެހުމަށް ހަވާލުކުރި ފަރާތުން ޔުނީފޯމުތައް ނިންމަންޖެހޭ މުއްދަތަށް ނިންމާފައިނުވާތީ، އެ އެގްރީމެންޓް ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ އަގު:   %65

ތަޖުރިބާ:         %5

މުއްދަތު:         %25

މާލީ ޤާބިލުކަން      %5

30 އޮގަސްޓް 2016
ހޯދާ